ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލަންކާގެ ސުވަސެވަނަ ހޮސްޕިޓަލުން ދިވެހި މެޑިކަލް ގްރެޖުއޭޓުންނަށް އިންޓާންޝިޕް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

Saeed
STO_Ads
TTH_Ads
Advertisement

ދިވެހިރާއްޖޭގެ މެޑިކަލް ގްރެޖުއޭޓުންނަށް ސްރީލަންކާގެ މަޝްހޫރު ސުވަސެވަނަ ހޮސްޕިޓަލުން އެއް އަހަރު ދުވަހުގެ ކްލިނިކަލް އިންޓާންޝިޕް ފުރުޞަތުތައް ހޯދައިދިނުމުގެ ގޮތުން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވުޒާރާއާއި އެ ހޮސްޕިޓަލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ރޯޝަނީ ބިލްޑިންގްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ އެވެ. އަދި ސުވަސެވަނަ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ބަންޑުލާ އެގޮޑަގޭއެވެ.

މި ރަސްމިއްޔާތުގައި ޞިއްޙަތާބެހޭ ވަޒީރު ޑޮކްޓަރު ޤީލާ ޢަލީގެ އިތުރުން ޞިއްޙީ ވުޒާރާއާއި ޚާރިޖީ ވުޒާރާގެ އިސް ބޭފުޅުންނާއި ސުވަސެވަނަ ހޮސްޕިޓަލުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

HajjCop_ads
Advertisement

މި އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރަކު ވިހި ދަރިވަރުންނަށް އެ ހޮސްޕިޓަލުގައި ކްލިނިކަލް ތަމްރީނު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މިއީ ރާއްޖޭގައި ޑޮކްޓަރުން އުފެއްދުމަށާއި ޢަމަލީ ތަޖުރިބާ ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ލިބިގެންދާނެ މުހިންމު ލުޔެއް ކަމަށް ޞިއްޙީ ވުޒާރާއިން ފާހަގަކުރައްވައެވެ.

ޒަމާނީ ވަސީލަތްތަކާއެކު ލިބޭ މި ފުރުޞަތުގެ ސަބަބުން ދިވެހި ދަރިވަރުންގެ ޤާބިލުކަން އިތުރުވެ، ސަރަޙައްދީ ފެންވަރުގެ ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށް ދެ ފަރާތުން ވެސް ވަނީ ވިދާޅުވެފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Geealaa health minister

އިތުރު ތިން ރަށެއްގައި އެމްއާރްއައި، ހަތް ރަށެއްގައި ސީޓީ ސްކޭނުގެ ހިދުމަތް ތައާރަފުކުރަނީ

ހެލްތް މިނިސްޓްރީ އާއި ޔޫއެން އެސްކޭޕް ގުޅިގެން ފަންނީ މަސައްކަތު ބައްދަލުވުމެއް ފަށައިފި

ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ލ.އަތޮޅުގައި ފަށައިފި

43

ކެންސަރު ބަލީގެ ފޭކް އިންޖެކްޝަން ރާއްޖެ ގެނައީ އަމިއްލަ މީހަކު: ހެލްތު މިނިސްޓްރީ