މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް މަސް ކިރުވި ދޯނިތަކަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ އިއްޔެ ދޫކޮށްފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 24 އުޅަނދަކަށް ޖުމްލަ 1,138,340.00 ރުފިޔާ ވަނީ ދޫކޮށްފައެވެ. މި ފައިސާއަކީ އެ ކުންފުންޏަށް މި މަހުގެ 6 ވަނަ ދުވަހު ކިރުވި މަހަށް ވާ ފައިސާއެވެ.
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މި މަހުގެ 8 ވަނަ ދުވަހު ކަޅުބިލަމަސް ކިރުވި 23 ދޯންޏަކަށް 1,113,015.00 ރުފިޔާ ވަނީ ޖަމާކޮށްދީފައެވެ. މީގެ އިތުރުން 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި ދޯންޏަކަށް 25,325.00 ރުފިޔާ ވަނީ ޖަމާކޮށްފައެވެ.

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދާ އެއްގޮތަށް ސަރުކާރުން އަންނަނީ މަސްވެރިން ބާނާ މަހަށް ގަވާއިދުން ފައިސާ ދޫކުރަމުންނެވެ.









ކިޔުންތެރިންގެ ހިޔާލު