ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަވަށްޓެރީންނާ މުޢާމަލާތު ކުރެއްވުމުގައި ގެންގުޅުއްވީ މަޑުމައިތިރިކަމާއި އޯގާވެރިކަމެވެ: ޚުޠުބާ

mosque , miskih, khuthuba
TTH_Ads
Maldivian_Ads
STO_Ads
Advertisement

އޯގާތެރިވުމަކީ ސުވަރުގެ ލިއްބައިދޭ މާތް ސިފަތަކެއް ކަމަށާއި، ބޮޑާވުމާއި، ހިތްހަރުކަމާއި، ރުޅިވެރިކަމަކީ ނަރަކައަށް މަގުދައްކާ ކަންކަން ކަމެއް ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާ ދީފައި ވަނީ ”މަޑުމައިތިރިކަން އިސްކުރުން“ މި މައުޟޫއަށެވެ.

ޚުޠުބާގައި ބުނީ އަހަރެމެންގެ މި މާތް ދީނަކީ ފުރިހަމަ، ދީނެއް ކަމަށާއި އަޅުކަމުގެ އިތުރަށް ދޭދޭ ފަރުދުންނާއި ޖަމާޢަތުގެ މެދުގައި މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤު އިސްކުރުމަށް އިސްލާމް ދީން ބާރުއަޅާ ކަމަށާއި މަޑުމައިތިރިކަން ފަދަ އަޚުލާޤީ ރިވެތި ސިފަތަކަކީ މި ދީނުގެ މުހިންމު ބައެއްކަން ދަންނަ މީހުން މިއަދު މަދު ކަމަށާއި މިއަދު އެ މީހަކަށް މާތް الله ތެދުމަގު ދެއްކެވި މީހަކު މެނުވީ، ނަމާދާއި ރޯދައާއި ޙައްޖާއި ޒަކާތް ފަދަ އަޅުކަންތައް އަދާކުރުމުން ދީން ފުރިހަމަވީކަމަށް ހީކުރާ ކަމަށެވެ.
”މުސްލިމް އަޚުންނޭވެ! އަހަރެމެންގެ ތެރޭގައި ފަރުޟުތަކަށް ރައްކާތެރިވުމާ އެކު، ސުންނަތް ނަމާދާއި ސުންނަތް ރޯދައާއި ޞަދަޤާތްކުރުން ފަދަ ހެއު ޢަމަލުތައް ކުރާ މީހުން މަދެއް ނޫނެވެ. އެހެނަސް ހިތާމައަކީ، އެ ފަދަ ހެއުލަފާ މީހުންގެ ތެރޭގައި ވެސް، މީސްތަކުންނާ މުޢާމަލާތުކުރުމުގައި ހަރުކަށިކަމާއި، ދޫނުދިނުމާއި އެހެން މީހުންގެ ކުށްތަކަށް މަޢާފުނުކުރުމުގެ ނުބައި ސިފަ ހުންނަކަމެވެ. އެ ގޮތުން ދެބަސްވެ އަރައިރުންވާ ހިނދު ޝަރުޢީ މިންގަނޑު ފަހަނަޅައިދިއުމާއި، ވިޔަފާރީގެ މުޢާމަލާތްތަކުގައި ނިކަމެތީންނަށް ރިޢާޔަތްނުކުރުން ފަދަ ކަންކަން ފެނެއެވެ.“ ހުތުބާގައި ބުނެފައި ވެއެވެ.
މުސްލިމް އަޚުންނޭވެ! އަހަރެމެންގެ ލޮބުވެތި ނަބިއްޔާ އެކަލޭގެފާނުގެ އަހުލުވެރީންނާއި، އަޞްޙާބުންނާއި، އަވަށްޓެރީންނާ މުޢާމަލާތު ކުރެއްވުމުގައި ގެންގުޅުއްވީ މަޑުމައިތިރިކަމާއި އޯގާވެރިކަމެވެ. އަދި ކިއެއްހެއްޔެވެ! ދުޝްމަނުންނާ މުޢާމަލާތުކުރެއްވުމުގައި ވެސް އިސްކުރެއްވީ މަޑުމައިތިރިކަމާއި އޯގާވެރިކަމުގެ ސިފަފުޅެވެ. އަހަރެމެން ނަމޫނާއަކަށް ނަގާންވީ އެ ކަލޭގެފާނުގެ މާތް އަޚުލާޤުފުޅެވެ.“ހަމަކަށަވަރުން، اللهގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللهގެ ދަރުމައާއި، އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން الله ހަނދުމަކުރާކަމުގައިވާ މީހަކަށެވެ.“ﷲ سُبْحَانَهُ وَتَعَالَىވަޙީކުރައްވައިފައި ވެއެވެ.
މުސްލިމް އަޚުންނޭވެ! މީސްތަކުންނާ އޯގާތެރިކޮށް މުޢާމަލާތުކުރުމަކީ މާތްﷲ ލޯބިވެވޮޑިގަންނަވާ މަތިވެރި ސިފައެކެވެ. ނަބިއްޔާ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ اللهَ رَفِيْقٌ يـُحِبُّ الرِّفْقَ وَيُعْطِيْ عَلَى الرِّفْقِ مَا لَا يُعْطِيْ عَلَى الْعُنْفِ) މާނައީ: ”ހަމަކަށަވަރުން ﷲ سُبْحَانَهُ وَتَعَالَىއީ އޯގާވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ އޯގާތެރިކަމަށް ލޯބިކުރައްވައެވެ. އަދި އެކަލާނގެ ހަރުކަށިކަމާއި ގަދަބަދަވިކަމަށް ނުދެއްވާ ސަވާބާއި ދަރުމައާއި އެނޫންވެސް ހެޔޮ ކަންތައް، އޯގާތެރިކަމާއި މަޑުމައިތިރިކަމަށް ދެއްވައެވެ.“
ހުތުބާގައި ބުނެފައި ވެއެވެ.

HajjCop_ads
Advertisement

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވާން ޖެހޭ: ޚުޠުބާ

mosque , miskih, khuthuba

އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމާއި މިނިވަންކަން ދެމިއޮތީ އިސްލާމްދީނުގެ ސަބަބުން: ޚުޠުބާ

Hukuru khuthubaa

ކުޑަކުދީންނަކީ މާތްﷲ، އެ ކުދީންގެ މައިންބަފައިންނާ ޙަވާލުކުރައްވައިފައިވާ އަގުހުރި އަމާނާތެއް: ޚުޠުބާ

khuthubaa hukuru

މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ އިންސާނާގެ ޢުމުރުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެއް: ޚުޠުބާ