ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގައި ބިނާކުރާ މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާގެ 86 އިންސައްތަ މަސައްކަތް ނިމިއްޖެ

445gf
STO_Ads
Maldivian_Ads
TTH_Ads
Advertisement

ހުޅުމާލެ ފޭސް އެކެއްގައި ބިނާކުރާ “މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ رضی اللہ عنھا” ގެ 86 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އަލްމަރުހޫމް އައްޝައިޚް އިސްމާއީލް މުހައްމަދުގެ ދީލަތި އެހީގައި ބިނާކުރާ މި މިސްކިތުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަޅުއްވައިދެއްވީ 2025 ވަނަ އަހަރުގެ ތެރޭގައެވެ. މާލާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން 20 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތް މެނޭޖުކުރުމަށް ހަމަޖެހިފައިވަނީ މަދީނާ އިންވެސްޓްމެންޓުގެ ފަރާތުންނެވެ.

މި މިސްކިތް ބިނާކުރަނީ ހުޅުމާލެ ފޭސް އެކެއްގެ ރެޑްވޭވް ކައިރީގައި ކުރިން ހުރި ވަގުތީ މިސްކިތް ހުރި ބިމުގައެވެ. ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން ޢާއިޝާ رضی اللہ عنھا އަށް ނިސްބަތްކޮށް ބިނާކުރާ މި މިސްކިތަކީ އެތެރެއާއި ބޭރު ހިމެނޭހެން އެއްފަހަރާ 2،000 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ ދެ ބުރީގެ އިމާރާތެކެވެ.

HajjCop_ads
Advertisement

މި މިސްކިތަކީ އިސްލާމީ ދިރާސާކުރާ ފަރާތްތަކަށާއި ކިޔަވާ ކުދިންނަށް ނަމާދުގެ ފަހުން ރިސާޗް ހެދުމަށާއި، އެސައިންމަންޓް ހެދުމަށް އަދި ފޮތްކިޔަން ތިބެވޭގޮތަށް ފުރިހަމަ ލައިބްރަރީއަކާއެކު ތަރައްގީކުރާ މިސްކިތެކެވެ. މީގެ އިތުރުން މިސްކިތުގައި އަންހެނުންނަށް ނަމާދުކުރެވޭނެ ޚާއްސަ ޖާގައާއި ފާހަނާގެ އިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެއުޅެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ.

މިސްކިތުގެ މަސައްކަތް ފުރިހަމަވެގެންދާއިރު ސޯލާ ނިޒާމަކުން ކަރަންޓުދީ، މުޅި މިސްކިތް އޭސީކުރުމަށް ވަނީ ނިންމައިފައެވެ. އަންނަ އަހަރުގެ ރަމަޟާން މަހަށް ހުޅުވުމަށް އަމާޒުހިފާފައިވާ މި މިސްކިތް ހުޅުވުމަށްފަހު، އިލްމީ ދަރުސްތަކާއި ގުރުއާން ހިތުދަސްކުރުމުގެ ތަފާތު މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

F346be89 deec 472e aca4 f7d4361afd3d

އިމާމުންނާއި ހަތީބުން އަޅާނެ ހެދުމުގެ ވަގުތީ ޑިޒައިން ދައްކާލައިފި

Qw

މާލެ އަތޮޅުގެ ރަށްތަކުގައި ނަސޭޙަތުގެ ބޯޑުތައް ހަރުކުރަން ފަށައިފި

އެންމެ ބޮޑު މިސްކިތް ބިނާކުރާ ބިން ހަވާލުކޮށްފި، ބިންގާ އެޅުން މާދަމާ

އިސްލާމިކް އިކޮނޮމިކްސްއާ ގުޅޭ ބައިނަލްއަޤްވާމީ ކޭމްޕެއް ރާއްޖޭގައި ފަށައިފި