ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގައި 70 މެގަވޮޓުގެ އާ އިންޖީނުގެއެއް އެޅުމުގެ އަމަލީ މަސައްކަތް ސެޕްޓެމްބަރުގައި ފަށަނީ

TTH_Ads
STO_Ads
Advertisement

ހުޅުމާލޭގައި 70 މެގަވޮޓުގެ އާ އިންޖީނުގެއެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ތައްޔާރުވެއްޖެ އެވެ. މިއީ މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުންދާ ނިސްބަތަށް ބަލައި، ކުރިއަށް އޮތް އަހަރުތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވީ، މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުންދާ ނިސްބަތަށް ބަލައި، މިހާރުން މިހާރަށްވެސް ކަރަންޓުގެ ނިޒާމަށް ގެންނަންޖެހޭ މުހިންމު އަޕްގްރޭޑްތަކެއް އެބަހުއްޓެވެ. މީގެކުރިން ކޮންމެ އަހަރަކު އިތުރުވާ ކަރަންޓުގެ ޑިމާންޑަށް އެޑްރެސްކުރުމަށް ހައި-ސްޕީޑް ޖެންސެޓުތަކެއް ގެނެސްގެން ކަރަންޓު ފޯރުކޮށްދިން ނަމަވެސް، ކުރިއަށް އޮތް އަހަރާއި 2028 ވަނަ އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް ޕްލޭން ކުރެވިފައި ވަނީ މީޑިއަމް-ސްޕީޑް ޕަވަރ ހައުސްއެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރުމަށް ކަމަށް ޑރ. އަލީ އަޒުވަރު ފާހަގަކުރެއްވި އެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލޭގެ މިހާރުގެ އިންޖީނުގެއާ އިންވެގެން ތަރައްގީކުރާ 70 މެގަވޮޓުގެ އާ އިންޖީނުގެއާއެކު، ހުޅުމާލޭގެ ކަރަންޓު ކެޕޭސިޓީ 120 މެގަވޮޓަށް އިތުރުވެގެންދާނެ އެވެ. މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ސްޓެލްކޯއިން އަންނަނީ ކުރަމުންނެވެ. މިއީ މާލެ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި ހިދުމަތް ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.

HajjCop_ads
Advertisement

ހުޅުމާލެ އިންޖީނުގެއާ އިންވެގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ކުރިން ސަރުކާރުން 100 މެގަވޮޓުގެ ކެޕޭސިޓީއަކަށް ތަރައްގީކުރަން ނިންމި މަޝްރޫއެކެވެ. ނަމަވެސް މާލެ ސަރަހައްދުގެ ކަރަންޓުގެ ޑިމާންޑު އިތުރުވަމުންދާ ހަލުވި މިނަށް ރިއާޔަތްކޮށް، ސަރުކާރުން ވަނީ މި ޕްރޮޖެކްޓް އިތުރު 100 މެގަވޮޓާއެކު ޖުމްލަ 200 މެގަވޮޓުގެ ބޮޑު މަޝްރޫއަކަށް ބަދަލުކޮށް، އެ މަޝްރޫއު ގުޅިފަޅުގައި ތަރައްގީކުރުމަށް ނިންމާފަ އެވެ. މިއީ މުސްތަގުބަލުގައި މާލެއާއި ހުޅުމާލެ ހިމެނޭހެން މުޅި މާލެ ސަރަހައްދުގެ ހަކަތައިގެ ބޭނުންތައް ފުއްދައިދިނުމަށް އެޅޭ ބޮޑު ފިޔަވަޅެކެވެ.

ސަރުކާރުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫތަކާއެކު، މާލެއާއި ހުޅުމާލޭގެ އާބާދީއަށް ދަނީ ހަލުވި ބަދަލުތަކެއް އަންނަމުންނެވެ. އާބާދީ އިތުރުވަމުންދާއިރު އެންމެ ފުރަތަމަ ޑިމާންޑް ބޮޑުވާ އަސާސީ ހިދުމަތަކީ ކަރަންޓުގެ ހިދުމަތް ކަމަށްވުމާއެކު، ކަރަންޓުގެ ހިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ދައުލަތުގެ މައި ކަރަންޓު ކުންފުނި ސްޓެލްކޯއިން އަންނަނީ ހާއްސަ އިސްކަމެއް ދީގެން ރޭވުންތެރިކަމާއެކު މަސައްކަތްކުރަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

stelco MD

ހުޅުމާލޭގައި 70 މެގަވޮޓުގެ އިންޖީނުގެއެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ: އަޒުވަރު

88887

ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ސްރީލަންކާގެ ސަފީރާ ބައްދަލުކުރައްވައިފި

Qw

ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއިން ފަހުމުނާމާއެއްގައި ސޮއިކޮށްފި

stelco

އިންޖިނީއަރިން ދުވަސް ފާހަަގަކުރުމަށް ސްޓެލްކޯއިން ކުރެހުމުގެ މުބާރާތެއް ބާއްވަނީ