ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގައި 70 މެގަވޮޓުގެ އިންޖީނުގެއެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ: އަޒުވަރު

stelco MD
STO_Ads
Maldivian_Ads
TTH_Ads
Advertisement

ހުޅުމާލޭގައި 70 މެގަވޮޓުގެ އިންޖީނުގެއެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ.ޢަލީ އަޒުވަރު ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުގެ އިތުރުންވެސް މާލެ ސަރަޙައްދުގައި ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމަށް މަޝްރޫޢުތައް ހިންގުމަށް އެކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއެކު މާލެ ސަރަޙައްދުގެ އާބާދީއަށް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. މިއާއެކު އެންމެ ފުރަތަމަ ޑިމާންޑު އިތުރުވާ އަސާސީ އެއް ޚިދުމަތަކީ، ކަރަންޓުގެ ޚިދުމަތެވެ. އެހެންކަމުން އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް ދިނުމަށް މިސަރަޙައްދުގައި ކަރަންޓުގެ ޚިދުމަތްދޭ ސަރުކާރުގެ މައި ކުންފުނި ސްޓެލްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.

މަޢުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ.ޢަލީ އަޒުވަރު ވިދާޅުވީ، މާލެ ސަރަޙައްދުގެ އާބާދީ އިތުރުވަމުންދާއިރު މިހާރުން މިހާރަށްވެސް ގެންނަންޖެހޭ އަޕްގްރޭޑްތައް ހުރި ކަމަށެވެ.

HajjCop_ads
Advertisement

“މީގެކުރިން ކޮންމެ އަހަރަކު އިތުރުވާ ކަރަންޓުގެ ޑިމާންޑަށް އެޑްރެސް ކުރުމަށް މިހަދަން ޖެހެނީ، ހައި ސްޕީޑް ޖެންސެޓުތަކެއް ގެނެސްގެން އެއިން ކަރަންޓު ފޯރުކޮށްދެނީ، އެހެންނަމަވެސް އަންނަ އަހަރު އަދި 2028 ގައި ޕީކް ސީޒަނަށް ތައްޔާރުވުމަށް ޕްލޭން ކުރެވިފައި މިއޮތީ މީޑިއަމް ސްޕީޑް ޕަވަރ ހައުސްއެއް ހުޅުމާލެ ފޭސް 2ގައި ތަރައްޤީ ކުރުމަށް.” ޑރ.އަޒުވަރު

މާލެ ސަރަޙައްދުގެ އާބާދީ އިތުރުވަމުން ދިޔުމާއެކު ކުރިއަށް އޮތްތަނުގައި ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރަން ޖެހޭނެކަމަށް އަންދާޒާ ކުރެވޭތީ އިތުރު މަޝްރޫޢުއެއްގެ މަސައްކަތްވެސް ކުރަމުންދާކަމަށް ޑރ.އަޒުވަރު ވިދާޅުވިއެވެ.

މި މަސައްކަތުގެ ދަށުން ގާތްގަނޑަކަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުމާލެ އިންޖީނުގެއާއި އިންވެގެން ފިފްތު ޕަވަރ ޕްރޮޖެކްޓްގެ ބައެއްގެ ގޮތުގައި 70 މެގަވޮޓްގެ އިތުރު އިންޖީނުގެއެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. މިއާއެކު ހުޅުމާލޭގެ ކަރަންޓު ކެޕޭސިޓީ 120 މެގަވޮޓަށް އިތުރުކުރެވޭނެއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ޑރ.އަޒުވަރު ވިދާޅުވިއެވެ.

ހުޅުމާލެ އިންޖީނުގެއާއި އިންވެގެން ކުރިއަށްގެންދާ މަޝްރޫޢަކީ، ކުރިން ސަރުކާރުން ސިކްސްތު ޕަވަރ ޕްރޮޖެކްޓުގެ ގޮތުގައި 100 މެގަވޮޓުގެ މަޝްރޫޢެއް ތަރައްޤީކުރަން ހަމަޖައްސާފައިވާ މަޝްރޫޢެކެވެ. ނަމަވެސް އިތުރުވަމުންދާ ޑިމާންޑަށް ބެލުމަށްފަހު ސަރުކާރުން ވަނީ، ސިކްސްތު ޕަވާގެ މެގަ ޕްރޮޖެކްޓު އިތުރު 100 މެގަވޮޓާއެކު ޖުމްލަ 200 މެގަވޮޓުގެ މަޝްރޫޢަކަށް އިތުރުކޮށް އެމަޝްރޫޢު ގުޅިފަޅަށް ބަދަލުކުރުމަށް ނިންމާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

AISelect 20260923 164719 Facebook

ސްޓޭޝަން މެނޭޖަރުންނަށް ތަމްރީނު ޕްރޮގްރާމެއް ސްޓެލްކޯއިން ފަށައިފި

WhatsApp Image 2026 09 22 at 10.05.29

ސްޓެލްކޯގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ ރައްޔިތުންނަށް އިންތިހާއަށް ފައިދާކުރާނެ ކަމެއް: ޑރ. އަޒުވަރު

DSC 4298 (1)

ފެނަކަ އުވާލައި، ސްޓެލްކޯގެ ދަށަށް ހުރިހާ ރަށެއްގެ ޚިދުމަތްތައް ބަދަލުކުރަނީ

WhatsApp Image 2026 09 02 at 17.25.01

ދުވަސްވީ މުވައްޒަފުން ވަކިވެގެންދަނީ ރަނގަޅު ލެގަސީއެއް ދޫކޮށްފައި: ޑރ. އަޒްވަރު