ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބާވެ ހަލާކުވެފައިވާ 9 ބަހެއް ނީލަމުގައި ވިއްކާލަން އެމްޓީސީސީން އިއުލާންކޮށްފި

88887
Maldivian_Ads
STO_Ads
TTH_Ads
Advertisement

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އިން ބޭނުންކުރުމަށްފަހު ބާވެ ހަލާކުވެފައިވާ ނުވަ ބަހެއް ނީލަމުގައި ވިއްކާލުމަށް އެ ކުންފުނިން އިއުލާންކޮށް، އެ ނީލަން މާދަމާ ފެށުމަށް ވަނީ ހަމަޖައްސައިފައެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ ވޯލްވޯ ބްރޭންޑްގެ ދެ ބަހާއި، މޭން ބްރޭންޑްގެ ދެ ބަހުގެ އިތުރުން އަޝޯކް ލޭލެންޑް ބްރޭންޑްގެ ފަސް ބަހެވެ. މި ނީލަމުގައި އަގު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ސިޓީ ފޮނުވަން ޖެހެނީ މާލޭގެ ހެންވޭރުގައި ހުންނަ އެ ކުންފުނީގެ ޓްރޭޑިން ޑިވިޝަން ނުވަތަ ހެންވޭރު ސޯމިލަށެވެ.

ނީލަން ފެށޭ އަގުގެ ގޮތުގައި ކޮންމެ ބަހަކަށް ވެސް ކަނޑައަޅާފައިވަނީ 25,000 ރުފިޔާއެވެ. އަދި ނީލަމުގައި އަގު އިތުރުކުރަން ބޭނުންވާ ނަމަ، މަދުވެގެން 10,000 ރުފިޔާ އިތުރުކުރަން ޖެހޭނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މީގެ އިތުރުން، މި ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 10,000 ރުފިޔާ އެ ކުންފުނީގެ ބޭންކް އެކައުންޓަށް ޖަމާކުރަން ޖެހޭނެ ކަމަށް ވެސް އެ ކުންފުނީގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

HajjCop_ads
Advertisement

މި ނީލަމުގެ ކަންކަން ކުރިއަށްދާ ގޮތުގެ ތަފްސީލް ހާމަކުރަމުން އެމްޓީސީސީން ބުނީ، ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މެންދުރުފަހު 12:00 ގެ ފަހުން ޓްރޭޑިން ޑިވިޝަންގެ ނޯޓިސް ބޯޑުން ފެންނަން ހުންނާނެ ކަމަށެވެ. އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން ދެ ދުވަހު އެއް އަގެއްގައި އޮވެއްޖެ ނަމަ، އެ އަގު ހުށަހެޅި ފަރާތަކަށް ނީލަން ކާމިޔާބުވީ ކަމަށް ނިންމާނެއެވެ. މި ނީލަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅައިގެން ނުވަތަ ކުންފުނީގެ އޮކްޝަން ނޯޓިސް ބޯޑުން އިތުރު ތަފްސީލް ހޯދޭނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

ކެޕޭސިޓީ ވަރުގަދަކުރާ ޑްރެޖަރާއެކު ކުރިއެރުން ބޮޑުވާނެ: ރައީސް

އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކުރުމުގެ މިދަނީ މަސައްކަތް ކުރަމުން: ރައީސް

Big 4Yhtv5ebvnWRh1V910y7Jct1r

އަމީނީ މަގުގެ އަލުން ތާރުއެޅި ބައިި ހުޅުވާލާނީ ހަތަރު އަނގޮޅި ތަރައްޤީކުރުމަށްފަހު: އެމްޓީސީސީ

އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި