ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 143،000 އަކަ މީޓަރުގެ ބިން ހިއްކައިފި

TTH_Ads
STO_Ads
Maldivian_Ads
Advertisement

ކ. ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާރު ވަނީ، 143،000 އަކަ މީޓަރުގެ ބިން ހިއްކާފައި ކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މިކަން ހާމަކުރައްވާ އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ، ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު އެ ސަރަހައްދުގައި ކުރިއަށްދަނީ، ސޭންޑް ބަންޑްގެ މަސައްކަތްތައް ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން 143،000 އަކަ މީޓަރުގެ ބިން މިހާރުވަނީ ހިއްކާފައި ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ގިރިފުށީގެ ޓްރޭނިންގ ސެންޓަރަށް ބޭނުންވާ ބިން ހިއްކުމާއި، ބިން ހިމާޔަތްކުރުން އަދި ބަނދަރު އަޕްގްރޭޑްކުރުމުގެ މި ބޮޑު މަޝްރޫއަކީ، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދެވޭ މުހިންމު މަޝްރޫއެކެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ގައުމީ ދިފާއީ ބާރަށް ބޭނުންވާ ތަމްރީންގެ ވަސީލަތްތައް ގާއިމްކޮށް، ސިފައިންގެ ހުނަރުތައް އިތުރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން، ފަށްޓަވާފައިވާ އެންމެ ބޮޑު އެއް މަޝްރޫއެވެ.

HajjCop_ads
Advertisement

މި މަޝްރޫއުގެ ދަށުން، މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމުގެ އިތުރަށް 13.3 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެއާއެކު، ސިފައިންގެ ތަމްރީނުތަކަށް ބޭނުންކުރާ ބިން  އިތުރުވެގެންދާނެއެވެ.

އަދި މި މަޝްރޫއުގެ ދަށުން،  އައްސޭރިފަށް ހިމާޔަތްކުރުމަށް ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ރަށް ގިރުން ހުއްޓުވުމަށް ބޭރުތޮށްޓާއި ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އުޅަނދުފަހަރު ކައިރިކުރުމަށްޓަކައި އެލް-ބްލޮކް ކީ-ވޯލް ޖެހުމާއި، ދަތުރުފަތުރުގެ ފަސޭހައަށްޓަކައި 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، މިހާރު ބޭނުންކުރާ 100 މީޓަރުގެ ފަޔަރިންގ ރޭންޖުގެ ބަދަލުގައި 300 މީޓަރުގެ ޒަމާނީ ސްމޯލް އާމްސް ރޭންޖެއް މި މަޝްރޫއުގެ ދަށުން ގާއިމުކުރެވޭނެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 23 at 20.26.07

ފޮނަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް ބާރަށް ކުރިއަށް

WhatsApp Image 2026 09 23 at 14.29.23

ނޮޅިވަރަމު ސްކޫލް މަލްޓިޕާޕާސް ހޯލުގެ މަސައްކަތް ބާރަށް ކުރިއަށް

ހިއްމަފުށީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

RTL

މަގު ހަދާތީ ވެސްޓްޕާކްގެ ބަދަލުގައި، ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް!