ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރު ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީގެ %60 ލިބިއްޖެ

Big HsPG8yq6JpI3v7TNVX97Ny7UX
STO_Ads
TTH_Ads
Advertisement

ދައުލަތަށް މިއަހަރު ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީގެ ބޮޑު ބައެއް މިހާރު ލިބިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ މިހާތަނަށް ލިބިފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ  24.1 ބިލިޔަން ރުފިޔާއެވެ. މާލީ ވުޒާރާއިން އާންމު ކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓު ރިޕޯޓުގައި މިދިޔަ މަހުގެ 23ގެ ނިޔަލަށް ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ތަފާސް ހިސާބުތައް ވަނީ ހިމަނާފައެވެ. މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.9 އިންސައްތަ އިތުރުވެ 24.1 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. މިކަމަށް މަގުފަހިވީ، މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ)ގެ ގޮތުގައި ލިބުނު އާމްދަނީ ދެމިހުރި ގޮތެއްގައި އިތުރުވުން ހިމެނޭ ގޮތަށް، ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ.

ރިޕޯޓުގައިވާ ގޮތުން، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 21.7 ބިލިޔަން ރުފިޔާއަށްވުރެ 2.4 ބިލިއަން ރުފިޔާ އިތުރުވެފައެވެ. ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 12.1 އިންސައްތަ ނުވަތަ 2.0 ބިލިޔަން ރުފިޔާ އިތުރުވެ، 16.4 ބިލިޔަން ރުފިޔާއިން 18.4 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. މިމުއްދަތުގައި ޖީއެސްޓީގެ ގޮތުގައި 10 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 9.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 9.7 އިންސައްތަ ނުވަތަ 878.5 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. މިގޮތުން އާންމު މުދަލާއި ޚިދުމަތްތަކުން ނަގާ ޖީއެސްޓީން ލިބުނު އާމްދަނީ ވަނީ އިތުރަށް ކުރިއަރައި، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.6 އިންސައްތަ އިތުރުވެ، 3.1 ބިލިޔަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 2.7 ބިލިޔަން ރުފިޔާއަށްވުރެ 371.3 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. ފާއިތުވި ހަފުތާގެ ތެރޭގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތްތަކުން ނަގާ ޓީޖީއެސްޓީ 8.0 އިންސައްތަ ނުވަތަ 507.2 މިލިޔަން ރުފިޔާ އިތުރުވެ، 6.4 ބިލިޔަން ރުފިޔާއިން 6.9 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ.

HajjCop_ads
Advertisement

މިއަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 40.4 ބިލިޔަން ރުފިޔާގެ ތެރެއިން 59.7 އިންސައްތަ ދައުލަތަށް ލިބިފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ޖުމްލަ ހުރީ 25.5 ބިލިޔަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 21.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 19.7 އިންސައްތަ ނުވަތަ 4.2 ބިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. މި އިތުރުވުމުން ދައްކުވައިދެނީ، ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށާއި، ޞިއްޙީ ޚިދުމަތްތަކަށާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމުތަކަށް ދެމިހުރި ގޮތެއްގައި ފައިސާ ޚަރަދުކުރަމުން ދިއުމެވެ.

މުސާރައާއި އުޖޫރައާއި ޕެންޝަނަށް ކުރި ޚަރަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.5 އިންސައްތަ އިތުރުވެ 8.5 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 7.8 ބިލިޔަން ރުފިޔާއަށްވުރެ 739.7 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. މިއީ މިދިޔަ އަހަރުގެ ނޮވެންބަރުގައި ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާތީ އައިސްފައިވާ ބަދަލެއް ކަމަށް މާލީ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

އާސަންދައަށް ކުރި ޚަރަދު 1.2 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 1.1 ބިލިޔަން ރުފިޔާއަށްވުރެ 14.8 އިންސައްތަ ނުވަތަ 161.5 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. ސަބްސިޑީއަށް ކުރި ޚަރަދު 79.0 އިންސައްތަ އިތުރުވެ 3.2 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި 23ގެ ނިޔަލަށް ހޭދަކުރި 1.8 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 1.4 ބިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

788

ހުޅުމާލޭގެ އުސް އިމާރާތެއްގެ ހަވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

scout

ސްކައުޓު ޖަމްޢިއްޔާއާއި މަޖީދިއްޔާ ސްކައުޓު ޤުރޫޕުން ބޭއްވި ޔޫތް ލިޑަރޝިޕް ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފި

16624ec7 b786 44b7 9ff1 50619e18cfa0 876x584

ދަނޑުވެރިންނަށް ދޫކުރާ ލޯނަށް ހުޅުވާލައިފި

Big ojoHVrccRgzA9hVc8b7WLJLJX

ރިސޯޓުތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކުރަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިން