ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭރު ދުނިޔޭގެ ބަދަލުތަކާއެކުވެސް ޓެކްސް ނިޒާމު ދެމެހެއްޓުމަށް ގުޅިގެން މަސައްކަތްކުރާނަން: އަމީޒާ

Qw
STO_Ads
TTH_Ads
Advertisement

ބޭރު ދުނިޔެއަށް އަންނަ ބަދަލުތަކާއެކު، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމުގައި ގޮންޖެހުންތައް ދިމާވަމުންދާތީ، ދެމެހެއްޓެނިވި ގޮތެއްގައި ޓެކްސް ނިޒާމު ހިންގުމަށްޓަކައި ޓެކްސް ދައްކާ ފަރާތްތަކާ ގުޅިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މަސައްކަތް ކުރާނެ ކަމަށް ޓެކްސް ކޮމިޝަނަރު ފާތިމަތު އަމީޒާ މިއަދު ވިދާޅުވެއްޖެއެވެ. މީރާއަށް މިއަދު 16 އަހަރު ފުރުމުގެ މުނާސަބަތުގައި ހިއްސާކުރެއްވި މެސެޖެއްގައި އަމީޒާ ވިދާޅުވީ، ފާއިތުވި 16 އަހަރުގެ ތެރޭގައި ރާއްޖެއާއި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، ޒަމާނީ، ލުއިފަސޭހަ އަދި ޓެކްނޮލޮޖީއާ ރައްޓެހި ޓެކްސް ނިޒާމެއް ގާއިމުކޮށް، ހިންގުމުގެ މަސައްކަތުގައި ފާހަގަކުރެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާ ކަމަށެވެ. އެއީ ޓެކްސް ދައްކާ ހުރިހާ ފަރާތްތަކާއި މީރާގެ އެހާރާއި މިހާރުގެ އިސްވެރިންނާއި މުވައްޒަފުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާކަން އޭނާ ފާހަގަކުރެއްވިއެވެ.

ބައިނަލްއަގުވާމީ މަސްރަހަށް ލޮޅުންތައް އަރަމުންދާކަން ފާހަގަކުރައްވައި އަމީޒާ ވިދާޅުވީ، އޭގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކަށް ގޮންޖެހުންތައް ކުރިމަތިވަމުންދާކަން މީރާއިން ބަލައިގަންނަ ކަމަށެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކާ ގުޅިގެން، ދެމެހެއްޓެނިވި ގޮތެއްގައި ޓެކްސް ނިޒާމު ހިންގުމުގެ މަސައްކަތް ކުރުމަށް އިސްކަންދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު ޓެކުހުގެ ގާނޫނުތަކަށް ކިޔަމަންވެ ތަބާވުމަކީ ޓެކްސް ދައްކާ ފަރާތްތަކުން ކުރަން ލާޒިމު ކަމަކަށް ވީހިނދު، މި ޒިންމާ ފުރިހަމައަށް އަދާކުރުމަށް ބާރުއަޅައި، ހަމަހަމަ ގޮތެއްގައި، އިސްތިރާޖީ ވިސްނުމެއްގައި، ޓެކްސް ނިޒާމު ހިންގުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ކޮމިޝަނަރު ޖެނެރަލް ވަނީ ދެއްވައިފައެވެ.

އަމީޒާ ވިދާޅުވި ގޮތުގައި، 16 އަހަރުގެ މުއްދަތުގައި މީރާއިން ވަނީ، ކަރުދާސް ފޯމުތަކާއި ޚިދުމަތް ހޯދަން ދިގު ކިޔޫ ހަދަންޖެހުން ނިމުމަކަށް ގެނެސްފައެވެ. އެގޮތުން މީރާގެ ޚިދުމަތްތައް މިހާރު ކޮންމެ ވަގުތަކު، ކޮންމެ ތަނަކުންވެސް ލިބެން ހުންނައިރު، މީރާއަށް މިހާރު ބަލައިގަންނަ ޓެކްސް ބަޔާނުގެ 96 އިންސައްތަ އަދި ޕޭމަންޓުގެ 99 އިންސައްތަ ބަލައިގަންނަނީ އޮންލައިންކޮށެވެ. މީރާއިން މިހާރު އަމާޒު ހިފާފައިވަނީ އެ އިދާރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ރޯޑްމެޕާއެކު ރާއްޖޭގައި އިލެކްޓްރޯނިކް އިންވޮއިސިން ސިސްޓަމެއް ގާއިމުކުރުމަށެވެ. އެއާއެކު، ވިޔަފާރިތަކުން އިންވޮއިސް ދޫކުރުމުގެ ވައްޓަފާޅިއާއި ޓެކުހުގެ އިލްތިޒާމުތައް އަދާކުރުމުގެ މަސައްކަތަށާއި، ޓެކްސް ނިޒާމު ހިންގުމަށް އިންގިލާބީ ކުރިއެރުމެއް ގެނައުމަށް އުއްމީދުކުރެވޭ ކަމަށާއި، އެ ނިޒާމުގެ މަންފާ ކައިރި މުސްތަގުބަލެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މީރާގެ އަމާޒެއް ކަމަށް އަމީޒާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޓެކްސް ނިޒާމު އިތުރަށް ކުރިއެރުވުމަށްޓަކައި، ޓެކުހުގެ ގާނޫނުތަކަށް ގެނެވޭ ބަދަލުތައް އޮމާންކަމާއެކު ތަންފީޒުކުރުމަކީ ވެސް އެ އިދާރާއިން އިސްކަންދޭނެ ކަމެކެވެ.

HajjCop_ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މީރާގެ ޓެކްސް ކޮމިޝަނަރުގެ މަގާމަށް އަމީޒާ އައްޔަންކުރެއްވީ 16 ޖުލައި 2026 ގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި ކުއްޔާއި ފީތަކުގެ ގޮތުގައި ނުލިބި ހުރި ފައިސާގެ އަދަދު އިތުރުވެ، 14.5 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް، މިދިޔަ މަހު އެ އިދާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ވަނީ ދައްކައިފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު