ހުޅުމާލޭގައި ހުންނަ އެސްޓީއޯ ޓަވަރު ބީގެ އެޕާޓްމަންޓުގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ އާ ބެހޭގޮތުން ފުލުހުން ބުނީ އަލިފާން ރޯވެފައިވަނީ އެޕާޓްމަންޓްގެ އެގްޒޯސްޓެއްގައި ރޯވެގެން ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާ ހިނގުމާއެކު އެމްއެންޑީއެން ފަޔަރ އެންޑް ރެސްކިއު ޓީމުންވެސް ވަނީ އެ ސަރަހައްދަށް އައިސްފައެވެ.
ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ އަލިފާން ރޯވެފައިވަނީ 3 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ކޮޓަރިއެއްގެ ފާޚާނާގައި ހުރި އެގްޒޯސްޓެއްގައި ކަމަށެވެ. މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން

މި ފަހަކަށް އައިސް އިލެކްޓްރޯނިކްސް އާލާތްތަކުގައި ރޯވެގެން ހިނގާ ހާދިސާތައް އިތުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެންމެފަހުން ހިޔާ ޓަވަރުގައި އަލިފާނުގެ ހާދިސާވެސް ހިނގާފައިވަނީ ބަދިގޭ ހުޑްގައި ރޯވެގެންކަމަށް ވޮއިސްއަށް ވަނީ މައުލޫމާތު ލިބިފައެވެ.









ކިޔުންތެރިންގެ ހިޔާލު