ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބެލްޖިއަމަށާއި ވިލާތުގެ އިއްތިހާދަށް ކަނޑައަޅާ ސަފީރަކަށް ފާޠިމަތު ދިޔާނާ ސަޢީދު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

88887
STO_Ads
TTH_Ads
Advertisement

ބެލްޖިއަމަށާއި ވިލާތުގެ އިއްތިހާދަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް ކުރީގެ ބަންޑާރަނައިބު ފާޠިމަތު ދިޔާނާ ސަޢީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ މަގާމަށް ދިޔާނާ އައްޔަންކުރެއްވުމަށް ނަން ހުށަހެޅުއްވީ މި މަހުގެ ހަ ވަނަ ދުވަހުއެވެ. އެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވީ މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށްފަހު، ދިޔާނާއަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އެ ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އެހުމުން، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ އިއްތިފާގުން ވަނީ ދިޔާނާއަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ.

HajjCop_ads
Advertisement

ފާޠިމަތު ދިޔާނާ ސަޢީދަކީ ސަރުކާރުގެ އިސް މަގާމުތަކެއް މީގެ ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ބަންޑާރަނައިބުކަމާއި، ސާކް ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވުމުގެ އިތުރުން، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަން ވެސް އޭނާ ވަނީ ކުރައްވައިފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ދިޔާނާ ކުރައްވާފައިވެއެވެ.

ސަރުކާރުން ބޭރުގެ ގައުމުތަކަށް ކަނޑައަޅާ ސަފީރުންނަށް ބަދަލުތަކެއް ގެނެސްފައިވާއިރު، މިދިޔަ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު ކުރީގެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރާއި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވަނީ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށްފައެވެ. އޭގެ ފަހުން އާދަމް ޝަރީފް ޤަތަރުގެ ސަފީރުކަމަށް އަދި ޠާރިޤް އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ސަފީރުކަމަށް ވަނީ އައްޔަންކޮށްފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 202510210456031761047763.4803

އުޅަނދު ޓޯކުރާ މައްސަލައަށް ހައްލު ހޯދަން ކޮމިޓީއަށް

CEV1UTPynNfdhixC99klhF2INIa7yGa8HC68DwMY 551x431

ރައްޔިތުންނާއި ޤައުމަށް ފައިދާ ނުވާނެގޮތަށް ފަޅުތަކާއި ރަށްތައް ބޭނުންކުރެވިގެން ނުވާނެ: މެންބަރު އިބްރާހީމް ޙުސައިން

majilis

ތަރައްގީގެ މަޝްރޫއުތައް ހިންގަން ބޭނުންވާ ބިން ކައުންސިލްތަކުގެ އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް

މި އަހަރު ނިމުމުގެ ކުރިން ހުޅުމާލޭގައި ދާއިމީ މިސްކިތްތައް ބިނާކޮށް ނިމޭނެ