ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައްޔިތުންގެ މަޖިލީހަކީ ޖަނަވާރު ކޮށްޓެއްގެ ގޮތުގައި ސިފަކުރާ ފެންވަރަށް މެންބަރުންގެ އަމަލުތައް ނުބެހެއްޓުމަށް ނައިބު ރައީސް ގޮވާލައްވައިފި

Qw
STO_Ads
TTH_Ads
Advertisement

ރައްޔިތުންގެ މަޖިލީހަކީ “ބަކަރި ކޮށްޓެއް” ނުވަތަ “ޖަނަވާރު ކޮށްޓެއް” ކަމަށް އާންމުން ސިފަކުރާ ކަމަށާއި، އެ ފެންވަރަށް މަޖިލީހުގެ މެންބަރުންގެ އަމަލުތައް ނުބެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް މިއަދު ގޮވާލައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ބަހުސް ކުރެއްވުމަށް ފަހު، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު، ވެމްކޯގެ ތިލަފުށީ ސައިޓުގައި ރޯވުމުގެ ސަބަބުން އެނދި ކުނިތައް ހދ. ކުނބުރުދުއަށް ގެންދިއުމާ ދެކޮޅަށް ތަޅުމުގައި އަޑު އުފުއްލެވުމާ ގުޅިގެން އޭނާ ވަނީ ޖަލްސާއިން ބޭރުކޮށްފައެވެ.

ޒިޔާދު ތަޅުމުން ބޭރުކޮށްލުމަށް ފަހު ރިޔާސަތުގައި އިންނެވި ސަލީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ އިޚްލާސްތެރިކަމާއި ކެތްތެރިކަމާ އެކީ މެންބަރުން މަސައްކަތްކުރައްވަން ޖެހޭ ތަނެއް ކަމަށެވެ. މެންބަރުން ބިލުތަކަށް ބަހުސްކުރައްވާ ގޮތުންނާއި މަޖިލީހުގައި އަމަލުތައް ބަހައްޓަވާ ގޮތާ މެދު އާންމުންގެ ފާޑުކިއުން އަބަދުވެސް އަމާޒުވާކަން ފާހަގަކުރައްވައި، ސަލީމް ވަނީ މަޖިލީހުގެ ކަރާމާތް ހިފެހެއްޓުމަށް އެދިވަޑައިގެންފައެވެ.

HajjCop_ads
Advertisement

“މިހާރު ވެސް ރައްޔިތުން އެބަ ބުނޭ މިއީ ބަކަރި ކޮށްޓެކޭ ނޫނީ ޖަނަވާރު ކޮށްޓެކޭ ވެސް، އެހެންވީމާ އެ ލެވެލްއަށް އަޅުގަނޑުމެން ނުދަމާ ހިނގާށޭ، ތަންކޮޅެއް ތަސައްރަފު ފުދޭ ބަޔަކަށް އަޅުގަނޑުމެން ވާން ހިނގާށޭ،” ސަލީމް ވިދާޅުވިއެވެ.

އޭނާ ރިޔާސަތުގައި އިންނަވާހާ ހިނދަކު ރައްޔިތުންގެ މަޖިލިސް އެފަދަ ހާލަތަކަށް ވެއްޓުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ސަލީމް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބިލުތަކަށް ބަހުސްކުރެއްވުމުގައި ބޭނުންކުރައްވާ ބަސްމަގާއި، ތަޅުމުގައި އަމަލުކުރައްވާ ގޮތާ މެދު އާންމުންގެ ފާޑުކިއުންތައް އަބަދުވެސް އޮވެއެވެ. ޚާއްސަކޮށް، ބިލުތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ބަދަލުގައި ސިޔާސީ ފާޑުކިއުންތަކަށް ވަގުތު ހޭދަކުރުމާއި، ގަވާއިދުން ޖަލްސާތައް ނުބޭއްވުމުގެ އިތުރުން ސަރުކާރު ޖަވާބުދާރީކުރުވުމުގައި މަސައްކަތްތައް ދަށްވުމަކީ އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެވެ. ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށް، މެންބަރުންނަށް ބޮޑު މުސާރައާއި އިނާޔަތްތައް ދެމުން އަންނައިރު، މަސައްކަތުގެ ފެންވަރު އެއާ އެއް ހަމައެއްގައި ނުހިފެހެއްޓޭ ކަމުގެ ޝަކުވާތައް ވެސް ދަނީ އިވެމުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988

މަޖިލީހުގެ ނައިބު ރައީސްކަމާ ހަވާލުވެވަޑައިގަތީ ޕާޓީގެ މަސްލަހަތަށްޓަކައި ކަމަށް ސަލީމް ވިދާޅުވެއްޖެ