ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ލޯގޯ އިފްތިތާޙްކޮށްފި

Images (8)
STO_Ads
TTH_Ads
Advertisement

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕުގައި ބޭނުންކުރާނެ ރަސްމީ ލޯގޯ އިފްތިތާހުކޮށްފިއެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް އޮންނާނީ ބަންގްލަދޭޝްގައެވެ. މުބާރާތުގެ ލޯގޯ އިފްތިތާޙްކުރީ ބަންގްލަދޭޝްގެ ޑާކާގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ. މުބާރާތް އޮންނާނީ ނޮވެމްބަރު މަހުގެ 4އިން 17އަށެވެ. މި މުބާރާތުގައި ބޭނުންކުރާ ރަސްމީ ލޯގޯއިން ދައްކުވައިދެނީ ބަންގްލަދޭޝްގެ މުއްސަނދި ޞަޤާފަތްކަމަށް ސާފް އިން ބުނެފައިވެއެވެ. އެގޮތުން، ބަންގްލަދޭޝްގެ އަންހެނުންގެ ޞަޤާފީ ހެދުން ފޮއްޗެއްކަމަށްވާ ޖަމްދާނީގެ ސިފަތަކާއި، އެ ނޫންވެސް، އެ ގައުމަށް ޙާއްސަ އެކިއެކި ތަކެއްޗާއި ތަންތަނުގެ އެކިއެކި ރަމްޒުތައް މި ލޯގޯއިން ފެނިގެންދެއެވެ.

ސާފްއިން މި ރަސްމިއްޔާތުގައި ވަނީ، މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޓެކްނޯ ސްޕޯޓްސް ކަންވެސް އިއުލާނުކޮށްފައެވެ. އެހެންކަމުން މި ފަހަރުގެ މުބާރާތުގައި ބޭނުންކުރާނެ ރަސްމީ ނަމަކީ، “ޓެކްނޯ ސްޕޯޓްސް ސާފް ޗެމްޕިއަންޝިޕް 2026” އެވެ.

HajjCop_ads
Advertisement

މި ފަހަރުގެ މުބާރާތް ބަންގްލަދޭޝްއިން ހޯސްޓު ކުރާއިރު، އެންމެފަހުން އެ ގައުމުގައި މި މުބާރާތް ބާއްވާފައި ވަނީ 2018 ވަނަ އަހަރުއެވެ. އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދިވެހިރާއްޖެއިންނެވެ. އެއީ ރާއްޖެއިން މުބާރާތުގެ ތަށި އުފުލާލި ދެވަނަ ފަހަރެވެ.

ރާއްޖެއިން ވެސް ވަނީ މި މުބާރާތް ދެ ފަހަރަށް ހޯސްޓު ކޮށްފައެވެ. އެންމެފަހުން މި މުބާރާތް ބޭއްވީ އިންޑިއާގައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސާފް 20 އަހަރުން ދަށުގެ މުބާރާތް ހޯސްޓް ކުރަން ރާއްޖެއިން ހުށަހަޅައިފި