ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެވަނަ ކުއާޓަރުގައި ގެވެށި އަނިޔާގެ 200އަށްވުރެ ގިނަ މައްސަލަ

Images (7)
TTH_Ads
STO_Ads
Advertisement

މި ނިމިދިޔަ ކުއާޓަރުގައި ގެވެށި އަނިޔާގެ 200 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

3 މަސް ދުވަހުގެ ތެރޭގައި އެ އޮތޯރިޓީއަށް ސީދާ ހުށަހެޅުނު އަދި އެހެން މުއައްސަސާތަކަށް ރިޕޯޓުކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލަތައް 236 އަށް އަރާ ކަމަށާއި، ގެވެށި އަނިޔާގެ މައްސަލައިގެ ރިފަރަލްތަކުގެ ޖުމްލަ އަދަދު 258 އަށް އަރާފައިވާ ކަމަށް، އެ އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން 59.3 އިންސައްތަ މައްސަލަ ހުށަހަޅާފައި ވަނީ މާލެ ސަރަހައްދުގެ މުއައްސަސާތަކަށެވެ. މީގެ އިތުރުން ށ. އަތޮޅާއި ހދ. އަތޮޅުން ރިޕޯޓުކޮށްފައިވާ މައްސަލަތައް ގިނަކަން ތަފާސްހިސާބުތަކުން ދައްކައެވެ.

އަދި 3 މަސް ދުވަހުގެ ތެރޭގައި ގެވެށި އަނިޔާ ލިބުނު މީހުންގެ ތެރެއިން 208 މީހުންނަކީ އަންހެނުން ކަމަށްވާއިރު، 73 މީހުންނަކީ ފިރިހެނުންނެވެ. އޭގެ ތެރޭގައި 18 އަހަރުން މަތީގެ 170 މީހަކު ހިމެނޭއިރު 18 އަހަރުން ދަށުގެ 38 ކުޑަކުދިން ހިމެނޭ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

HajjCop_ads
Advertisement

ތަފާސްހިސާބުތައް ދައްކާގޮތުން ގެވެށި އަނިޔާގެ ތެރެއިން އެންމެ ގިނައިން ހުށަހެޅެނީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ ގޮތުން އަނިޔާކުރުމެވެ. މީގެ އިތުރުން ބިރުދެއްކުމާއި ޖިސްމާނީ އަނިޔާ ދިނުން ހިމެނޭ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުންޏެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ފ. ނިލަންދޫގައި ހިނގި ގެވެށި އަނިޔާގެ މައްސަލައެއް ތަހުގީގު ކުރަނީ

ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމަށް “އުދުހިލަން”ގެ ނަމުގައި ޤައުމީ ކެމްޕެއިނެއް ފަށައިފި