ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީޔޫއާއި ބެލްޖިއަމް ސަފީރަކަށް ދިޔާނާ އައްޔަންކުރަން ކޮމިޓީ ފާސްކޮށްފި

Main 20260327
TTH_Ads
Maldivian_Ads
STO_Ads
Advertisement

ވިލާތުގެ އިއްތިހާދު، އީޔޫ އާއި ބެލްޖިއަމަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް އައްލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދު އައްޔަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

އީޔޫ އަދި ބެލްޖިއަމަށް ކަނޑައަޅާ ސަފީރަކަށް ދިޔަނާ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވީ މިމަހުގެ 7 ވަނަ ދުވަހުއެވެ. އަދި ދިރާސާކުރަން މަޖިލީހުގެ ތަޅުމުން ވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

މި މައްސަލަ ދިރާސާކުރުމަށްފަހު މެންބަރުން ނިންމަވާފައިވަނީ ދިޔާނާއަކީ މަޤާމަށް ގާބިލު، ޝަރުތުހަމަވާ ބޭފުޅެއް ކަމަށެވެ. އެހެންވެ، އީޔޫ އާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އޭނާ އައްޔަންކުރުމަށް ފެންނަ ކަމަށް ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

HajjCop_ads
Advertisement

ރައީސް ނަޝީދުގެ ވެރިކަމުގައި ބަންޑަރަ ނައިބުކަން ކުރެއްވި ދިޔާނާ ސަޢީދު ވަނީ އޭގެ ފަހުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ވެރިކަމުގައި  ޖެންޑަރ މިނިސްޓަރުކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.

ސަފީރުގެ މަޤާމަށް ދިޔާނާގެ ނަން ފޮނުއްވުމުގެ ކުރިން، ޚާރިޖީ ވުޒާރާގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް އޭނާ ވަނީ އައްޔަންކުރައްވާފައެވެ. މި މަޤާމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ އޭޕްރިލް މަހުއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ފީނަން ގޮސް އުޅުނު ދުވާފަރު ޒުވާނަކު ނިޔާވެއްޖެ

B 202609220955451790096145.7765

އައިޔޫއެމްގެ ސްކޮލާޝިޕް 13 ދަރިވަރަކަށް ދީފި

F346be89 deec 472e aca4 f7d4361afd3d

އިމާމުންނާއި ހަތީބުން އަޅާނެ ހެދުމުގެ ވަގުތީ ޑިޒައިން ދައްކާލައިފި

B 202609221015331790097333.8703

އައިޔޫއެމުން ގްރާންޓް ސްކީމަށް ހުޅުވާލައިފި