ފީނަން ގޮސް އުޅުނު ރ. ދުވާފަރަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.
އެ ހާދިސާގައި ނިޔާވެފައި ވަނީ ރ. ދުވާފަރު، ލިލީމާގޭ، މުހައްމަދު ޝައްފާނެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރުފަހު ތިނެއް ޖެހިއިރުއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެ ޒުވާނާ މަރުވީ ފީނަން ގޮސް އުޅުމުގެ ތެރޭގައެވެ.

އެ ޒުވާނާ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ. އަދި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސީޓީ ސްކޭނެއް ހެދުމަށްޓަކައި އެ ޒުވާނާގެ ހަށިގަނޑު މިހާރު އޮތީ އުނގޫފާރު ހޮސްޕިޓަލުގައެވެ.
ދުވާފަރު ކައުންސިލުގެ ރައީސް އަހްމަދު ޝާހު ވިދާޅުވީ އެ ޒުވާނާގެ ހަށިގަނޑު އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސް އޮތީ ފުލުހުންގެ ފޮރެންސިކް ތަހުލީލަށް ބޭނުންވާ ޓެސްޓުތައް ހެދުމަށް ކަމަށެވެ.
އެ ޒުވާނާ ފެނިފައި ވަނީ ށ. މަރޮށި ކައިރިން ކަމަށް ކައުންސިލް ރައީސް މައުލޫމާތު ދެއްވިއެވެ. ހަށިގަނޑު ދުވާފަރަށް އެރުވުމުގެ ހުއްދައަކަށް އެދި ކައުންސިލަށް ގުޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.










ކިޔުންތެރިންގެ ހިޔާލު