ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޯޓު އަމުރަކުން ބަންދުކޮށްފައިވާ ގެއަކަށް ވަދެ ތިއްބައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

8u
Maldivian_Ads
STO_Ads
TTH_Ads
Advertisement

އައްޑޫ ސިޓީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކުން ބަންދުކޮށްފައިވާ ގެއަކަށް ވަދެ ތިއްބައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ސީނު މަރަދޫފޭދޫ، އުއްމީދީވިލާ، އުމުރުން 32 އަހަރުގެ އަޙްމަދު ޝަރަތު އާއި ސީނު މަރަދޫފޭދޫ، ފަރިވިލާ، އުމުރުން 37 އަހަރުގެ ޢާއިޝަތު ސަލީމް އެވެ. މި ޖުލައި މަހުގެ 13 ވަނަ ދުވަހު މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަށް އެމީހުން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 90 ދުވަހަށް ބަންދުކޮށްފައިވާ ސީނު މަރަދޫފޭދޫ އުއްމީދު ގެއަށް ވަދެ ތިއްބައެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރާ ގުޅިގެން މި ގެ ބަންދުކޮށްފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. މި ގެއަކީ މަސްތުވާތަކެތީގެ މުއާމަލާތްތައް ހިންގުމަށް ބޭނުންކުރާ ތަނެއް ކަމަށް ތުހުމަތުކުރެވިގެން ވަކި މުއްދަތަކަށް ސީލްކޮށްފައިވާ ތަނެކެވެ.

HajjCop_ads
Advertisement

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ، ކޯޓު އަމުރުގެ ދަށުން ބަންދުކުރާ ތަންތަނަށް އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ގޮތުން ކުށެއްކަން ހަނދާންކޮށްދީފައެވެ. އަދި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅަމުންދާނެ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police 12 Sept

ރަސްމީ ފާލަން ހިމެނޭ ސަރަހައްދުން އުޅަނދުތައް ނަގަން އަންގައިފި

ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1އިން ދެ މީހުން ހައްޔަރުކޮށްފި

ކޮލެޖު އޮފް ޕޮލިސިންގެ 2 ކޯހަކުން 54 ފުލުހުން ދަސްވެނިވެއްޖެ

ސައިބަރ ޑްރިލްއާއި، ސައިބަރ ކްރައިސިސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފި