ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހިންގެ އާދަކާދަތަކާއި ހިސާބު އިލްމާ ހުރި ގުޅުން ދައްކުވައިދޭ ތާރީހީ ފޮތެއް ސާޖިދާ ނެރެދެއްވައިފި

Igmh
Maldivian_Ads
STO_Ads
TTH_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ވަނީ ދިވެހިންގެ ސަގާފަތާއި ހިސާބު އިލްމުގެ ގުޅުން ދިރާސާކޮށް އެކުލަވާލާފައިވާ ހާއްސަ ފޮތެއް ނެރެދެއްވާފައެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ އިދާރީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ. ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑޮކްޓަރު އާއިޝަތު ޝެހެނާޒް އާދަމް ލިޔުއްވާފައިވާ މި ފޮތަކީ ތައުލީމީ މަންހަޖާއި ދިވެހިންގެ ސަގާފަތުގެ އިތުރުން ހިސާބުގެ ހަމަތައް ގުޅުވައިލައިގެން ރާއްޖޭގައި ޝާއިއުކުރި މިފަދަ ފުރަތަމަ އިލްމީ މަސައްކަތެވެ.

މި ފޮތުގައި ކަސަބު ވިޔުމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން ކަނޑުދަތުރުފަތުރުކުރުމާއި ވަޑާންކުރުން ފަދަ ދިވެހިންގެ ޒަމާންވީ މަސައްކަތްތަކުގައި ހިސާބު އިލްމު ބޭނުންކޮށްފައިވާ ގޮތްތައް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދީފައިވެއެވެ. މީގެ ސަބަބުން ދިވެހިންގެ ކާބަފައިންގެ އާދަކާދަތަކުގެ ތެރޭގައި ހިސާބު އިލްމު ބޭނުންކުރަމުން އައިސްފައިވާ މިންވަރު ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.

HajjCop_ads
Advertisement

މި ފޮތް ވުޖޫދަށް ގެނައުމަށްޓަކައި ޑޮކްޓަރު ޝެހެނާޒް ވަނީ ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރައްވައި ތާރީހީ އަދި ބަހަވީ އިލްމުވެރިންނާ ބައްދަލުކުރައްވައި ގިނަގުނަ މައުލޫމާތުތަކެއް އެއްކުރައްވާފައެވެ. މީގެ އިތުރުން ބޭރުގެ އެކިއެކި ހަޟާރަތްތަކުގެ ނުފޫޒުން ރާއްޖޭގެ ހިސާބު އިލްމަށް އައިސްފައިވާ ބަދަލުތައްވެސް މި ދިރާސާގެ ތެރެއިން ހޯއްދަވާފައިވާކަމަށް އެކަމަނާ ވިދާޅުވެފައިވެއެވެ.

ދަރިވަރުންނަށް އެނގޭ އާންމު ދިރިއުޅުމާ ގުޅުންހުރި ކަންކަމުގެ ތެރެއިން އުނގަންނައިދިނުމަކީ ކިޔެވުމަށް އޮންނަ ޝައުގުވެރިކަން އިތުރުކޮށްދޭނެ ކަމެއްކަން ފާހަގަކުރައްވަމުން ޑޮކްޓަރު ޝެހެނާޒް ވިދާޅުވީ މިއީ ފޮތެއްގެ ސިފައިގައި ނެރުމަށް ކުރަމުން އައި ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. އަދި މި ފޮތުގެ ސަބަބުން ހިސާބު އިލްމަށް ދިވެހިންގެ މެދުގައި އޮންނަ ލޯބި އިތުރުވެ އެ ދާއިރާގެ މައުލޫމާތު އިތުރަށް މުއްސަނދިވެގެން ދިއުމަކީ އެކަމަނާގެ އެންމެ ބޮޑު އެދިވަޑައިގަތުމެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

470162 6db2f94a 3

އީޖާދެއްގެ ފެށުން އަންނަނީ ޝައުގުވެރިކަމާއި އިލްމު ގުޅުމުން: މެޑަމް ސާޖިދާ

saajida

ކޮންމެ ފަރުދެއްގެވެސް ނަފުސާނީ ހާލަތަށް ފަރުވާތެރިވާން ޖެހޭނެ: ސާޖިދާ

Igmh

ހިސާބު އިލްމު ކުރިއެރުވުމަކީ ގައުމުގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ފަސްޓްލޭޑީ ވިދާޅުވެއްޖެ

464306 9cd26852 8

ތައުލީމާއި، މުޖުތަމައުގެ ކުރިއެރުމާއި އިގްތިސާދީ ފާގަތިކަން ބިނާވެފައިވަނީ ރަނގަޅު ސިއްހަތެއްގެ މައްޗަށް: ސާޖިދާ