ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

2020 ވަނަ އަހަރު މާލެ ސިޓީ ކައުންސިލުން ކައުންސިލަރުންނާ ގުޅުންހުރި ވިޔަފާރިތަކަކުން ކޯޓޭޝަން ހޯދިކަން އޮޑިޓުން ހާމަވެއްޖެ

Io
STO_Ads
Maldivian_Ads
TTH_Ads
Advertisement

މާލެ ސިޓީ ކައުންސިލުން 2020 ވަނަ އަހަރު ކޮށްފައިވާ މުއާމަލާތްތަކެއްގައި ވަކި ފަރާތްތަކަކަށް މަންފާވާ ގޮތަށް ގުޅުންހުރި ވިޔަފާރިތަކަކުން ކޯޓޭޝަން ހޯދާފައިވާކަން އެ ކައުންސިލުން ދާދި ފަހުން ހެދި އިންޓާނަލް އޮޑިޓަކުން ހާމަވެއްޖެއެވެ.

މި އަހަރު އަލަށް އިންތިޚާބުވި މާލެ ސިޓީ ކައުންސިލުން ވަނީ، 2020 ވަނަ އަހަރު އެ ކައުންސިލުގެ ކަންކަން ހިންގާފައިވާ ގޮތް ބެލުމަށް ޚާއްސަ އިންޓާނަލް އޮޑިޓެއް ކޮށްފައެވެ. މި އޮޑިޓުން ހާމަވެފައިވާ ގޮތުގައި، އެ އަހަރު ސާމްޕަލްގެ ގޮތުގައި ނެގި 35,000 ރުފިޔާއިން ދަށުގެ 46 ޕޭމަންޓު ވައުޗާގެ ތެރެއިން 27 ވައުޗާއަކަށް ކޯޓޭޝަން ހޯދާފައިވަނީ އެކަކު އަނެކަކާ ގުޅުންހުރި ވިޔަފާރިތަކުންނެވެ. އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ކޯޓޭޝަންތައް ހޯދާފައިވަނީ އެއް ކުންފުންޏެއްގެ ދެ ފިހާރައިން ނުވަތަ ކުންފުނިތަކުގެ ހިއްސާދާރުންގެ ވަކި ވަކި ވިޔަފާރިތަކުންނެވެ. އަދި މިގޮތަށް ގުޅުންހުރި ވިޔަފާރިތަކުން ކޯޓޭޝަން ހޯދި 27 ވައުޗަރުގައި ހިމެނޭ ޚިދުމަތްތަކުގެ ޖުމްލަ އަގަކީ 732,043.86 ރުފިޔާކަން ވެސް އޮޑިޓުން ވަނީ ދެނެގަނެފައެވެ.

ގުޅުންހުރި ވިޔަފާރިތަކަކުން ކޯޓޭޝަން ހޯދުމަކީ ޕްރޮކިއުމަންޓުގެ ވާދަވެރިކަން ކުޑަވެގެންދާ ކަމެއް ކަމަށް އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ. މީގެ ސަބަބުން އިގުތިޞާދީ ގޮތުން ފައިދާ ހުރި އެކަށީގެންވާ އަގުގައި ތަކެތި ނުވަތަ ޚިދުމަތް ނުލިބޭކަން ވަނީ ބަޔާންކޮށްފައެވެ. މީގެއިތުރުން، މިފަދަ އަމަލުތަކުގެ ސަބަބުން ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބުމުގެ ފުރުސަތު ބޮޑުވެގެންދާކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އެހެންކަމުން، ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން، ދައުލަތަށް އެންމެ ފައިދާހުރި ގޮތަށް އަދި ވާދަވެރި މާހައުލެއްގައި ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އޮޑިޓުން ވަނީ ލަފާދީފައެވެ.

HajjCop_ads
Advertisement

2020 ވަނަ އަހަރު މާލެ ސިޓީ ކައުންސިލުން ހިންގާފައިވާ މި މުއާމަލާތްތައް ފާހަގަވެފައިވާއިރު، އެ ދުވަސްވަރު މާލޭގެ މޭޔަރެއްގެ މަގާމުގައި ހުންނެވީ ޝިފާ މުޙައްމަދެވެ. އޭނާގެ މައްޗަށް މީގެކުރިން ވެސް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން، ލޮނުޒިޔާރަތްކޮޅު އަޑިޕާކުގައި މާލޭ ސިޓީ ކައުންސިލުން ޕާކު ހެދުމުގެ މަސައްކަތުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާތީ، ޝިފާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް 29 ސެޕްޓެމްބަރު 2020 ގައި ފޮނުވިއެވެ. ނަމަވެސް، ތަހުގީގުގައި އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ހުރި ކަމަށް ބަޔާންކޮށް، އޭގެ މަސް ދުވަސް ފަހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލާފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

male city

މާލޭގައި 4 ޕޭ ޓޮއިލެޓް ތަރައްގީކޮށް ހިންގަން ހުޅުވާލައިފި

Big xQacdkBfak1uoCNYvHlLxmiPi

ޕޭ ޓޮއިލެޓުތައް ވިޔަފާރި އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރަނީ

wamco md

ސިޓީ ކައުންސިލުން ވެމްކޯއަށް 116 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް: ވެމްކޯ

Shujaau

މާލޭގެ ވެޓް މާކެޓް ތަރައްގީކުރަން މަސްވެރިކަމާ ބެހޭ ވުޒާރާއާ ހަވާލުކުރަން ސިޓީ ކައުންސިލުން ފާސްކޮށްފި