ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޑިއާގެ އެފްޓީއޭ ތަންފީޒު ކުރުމަށް މަޝްވަރާކޮށްފި

އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރާއި ވަޒީރު ސައީދު– ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
TTH_Ads
STO_Ads
Maldivian_Ads
Advertisement

ދިވެހި ރާއްޖެއާއި އިންޑިއާއާއި ދެމެދު އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާކޮށް މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ތަންފީޒު ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ އެގައުމަށް ވަޑައިގެން ހުންނެވި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު، މުހައްމަދު ސައީދު އާއި އިންޑިއާގެ ކޮމާސް މިނިސްޓަރު، ޕިޔޫޝް ގޯޔަލްއާއެކުއެވެ. ވަޒީރު ސައީދު އިންޑިއާއަށް ވަޑައިގަތީ ޕިޔޫޝްގެ ދައުވަތަކަށެވެ.

އިގްތިސާދީ ތަރައްގީއާއި ވިޔަފާރީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަދު ބޭއްވި މި މަޝްވަރާތަކުގައި ދެ ވަޒީރުން އެންމެ ބޮޑަށް އަލިއަޅުއްވާލެއްވީ ދެގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމާއި ވިޔަފާރިއާއި އިންވެސްޓްމަންޓާއި ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީގެ ދާއިރާތަކުން އެއްބާރުލުން އިތުރު ކުރުމަށް ކަމަށެވެ. މިނިސްޓަރުން ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު ޒަމާނުއްސުރެ އޮތް ގާތްގުޅުން އިތުރަށް ވަރުގަދަކޮށް، ދެގައުމުގެ ފައިދާއަށް އިގްތިސާދީ އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފައި ކަމަށް ވެސް ވުޒާރާއިން ވިދާޅުވިއެވެ.

HajjCop_ads
Advertisement

ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުމުގައި ދެގައުމުން ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން ވެސް މަޝްވަރާތަކެއް ވަނީ ކުރައްވާފައި ކަމަށާއި އެގޮތުން ބިނާކުރަނިވި އަދި ދެފަރާތަށް ވެސް ފައިދާ ހުރި ގޮތަކަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެ މިނިސްޓަރުން ވެސް ވައުދުވެޑައިގެންފައިވާ ކަމަށެވެ.

މި ބައްދަލުވުމާއި ގުޅިގެން “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މި މަސައްކަތްތަކަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގެންގުޅުއްވާ ތަސައްވުރު ތަންފީޒުކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ.

ބައްދަލުވުމުގައި ދެގައުމުގެ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތަކާ ބެހޭ އެއްބަސްވުމެއް (ބައިލޭޓަރަލް އިންވެސްޓްމަންޓް ޓްރީޓީ) ނިންމުމާއި، އަދި ވިޔަފާރީގެ ދާއިރާއިން ފެށުމަށް ގަސްތުކުރާ އާ މަޝްރޫއުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އިންޑިއާއާއެކު މަޝްވަރާކޮށްފި

Saeed

އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމުކުރާ ކަމަށް ފަތުރާ ޚަބަރު ފޮރިން މިނިސްޓްރީން ދޮގުކޮށްފި

Ew

ތިލަމާލެ ބުރިޖު މަޝްރޫއުގެ ސްޕީޑާމެދު އިންޑިއާއިންވެސް ހިތްހަމަނުޖެހޭ ކަމަށް ސަފީރު ވިދާޅުވެއްޖެ

Big kFL03BBZTD9jpNxqDIgnyKnvO

ރާއްޖެއާއި އިންޑިއާއަކީ ޒަމާންވީ ރަޙުމަތްތެރިކަން ދަމަހައްޓަމުންދާ ދެ ޤައުމު: ނައިބު ރައީސް