ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރޯޑް ސޭފްޓީ ވީކް ފާހަގަކުރުމަށް ހިނގާލުމެއް ބާއްވައިފި

Screenshot 2026 07 05
TTH_Ads
STO_Ads
Advertisement

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވާ “ރޯޑް ސޭފްޓީ ވީކް” ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ބޮޑު ހިނގާލުމެއް މިއަދު ހަވީރު ބާއްވައިފިއެވެ. ހުޅުމާލެ ހޮސްޕިޓަލާއި، އެޗްޑީސީ، ފުލުހުން، އެޗްޕީއޭ އަދި އެމްޓީސީސީގެ އިތުރުން ސަރުކާރުގެ ބައެއް އެހެން މުއައްސަސާތައް ގުޅިގެން ބޭއްވި މި ހިނގާލުން ކުރިއަށްދިޔައީ ހުޅުމާލޭ ފޭސް 1 ގެ ރުއްގަނޑު 2 ސަރަޙައްދުން ފަށައިގެން ހުޅުމާލެ ހޮސްޕިޓަލާ ހަމައަށެވެ.

މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ގީލާ ޢަލީ ވިދާޅުވީ، މަގުމަތީގައި ހިނގާ ގިނަ އެކްސިޑެންޓުތައް ހިނގަން މެދުވެރިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅަށް ނޭޅޭތީ ކަމަށެވެ. އެހެންކަމުން އެކްސިޑެންޓުތައް މަދުކުރުމަށް ކަމާގުޅޭ ހުރިހާ މުއައްސަސާތަކާއި އަމިއްލަ ޖަމްޢިއްޔާތައް ގުޅިގެން މަސައްކަތްކުރުން މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އެވްރެޖްކޮށް ކޮންމެ އަހަރަކު 2,500 އެއްހާ އެކްސިޑެންޓް ހިނގާއިރު، އެންމެ ގިނައިން އެކްސިޑެންޓުތައް ހިނގަނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުފުރާތަކުގެ ޒުވާނުންނަށެވެ. ރައްކާތެރިވެވެން އޮތް ކަމަކުން ޅަ އުމުރުގައި ފުރާނަ ގެއްލުމާއި ނުކުޅެދުންތެރިކަން ކުރިމަތިވުމަކީ މުޅި މުޖުތަމަޢަށް އޭގެ ނޭދެވޭ އަސަރު ބޮޑުވާނެ ކަމެކެވެ.

HajjCop_ads
Advertisement

“ފުރާނައިގެ ސަލާމަތަށް އަޑު އުފުލަމާ” މި ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ މި ހިނގާލުމުގައި، މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ މީހުންގެ ސަލާމަތަށް ބާރުއަޅާ ތަފާތު މެސެޖުތައް ހިމެނޭ ބޯޑުތަކާއި ބެނާތައް ބޭނުންކޮށްފައިވެއެވެ. މީގެ އިތުރުން، އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ހިނގާލުމުގެ ތެރެއިން އެކްސިޑެންޓްތައް ހިނގާގޮތް ދައްކުވައިދޭ ޚާއްޞަ ސީންތަކެއް ކުޅެ، މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ މައުލޫމާތުތައް ބައިވެރިން ވަނީ ފޯރުކޮށްދީފައެވެ. މަގުމަތީގެ ނުރައްކާތެރި ހާދިސާތައް ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ދިއުމުގެ ކުރިން، ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭދަފުށީ ބަނދަރުގެ 54 އިންސައްތަ މަސައްކަތް ނިންމާލައިފި

Io

ހިންނަވަރު ބޭރު ތޮށީގެ މަސައްކަތްތައް ބާރަށް ކުރިއަށް

ބޮޑުތަކުރުފާނު މަގު: ސެގްމަންޓް 4 އަދި 5 ގެ މަގު އެއްވަރުކުރަން މިއަދު ފަށާނެ

Male Taxi

އެއް ހަފްތާ ތެރޭގައި 6900 އަށްވުރެ ގިނަ މީހުން މާލެ ޓެކްސީ ޚިދުމަތް ހޯދައިފި