ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިޤްތިޞާދީ ގޮންޖެހުންތަކާއެކުވެސް އަންނަ އަހަރު ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ: ރައީސް

473830 7118be98 6
TTH_Ads
STO_Ads
Maldivian_Ads
Advertisement

އިޤްތިޞާދީ ގޮންޖެހުންތަކާއެކުވެސް މަޝްރޫޢުތައް މަޑުނުޖެހި، ދުވެލި އަވަސްކޮށްގެން، އަންނަ އަހަރުގެ ނިޔަލަށް ގިނަ މަޝްރޫޢުތަކެއް ނިންމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޭޝަން ޗެޓް ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މަޝްރޫޢުތައް އަވަސްކުރުމަށް ކުރައްވާ މަސައްކަތްޕުޅަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެފަދަ މަޝްރޫޢުތައް ހިންގަމުން އަންނަ ކުންފުނިތަކުގެ ހިންގުން ހަުދަނާކުރުމުގެ މަސައްކަތްތައް ކުރެެވެމުންދާކަމަށާއި، ޚާއްޞަކޮށް އެމްޓީސީސީގެ ކެޕޭސިޓީ އިތުރަށް ފުޅާކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމްޓީސީސީއަށް ބޭރު ފައިސާ ފަސޭހައިން ލިބޭނެ ގޮތްތަކެއް ބޭނުންވާކަން ފާހަގަކުރައްވަމުން ވަނީ، މާ ލަސްތަކެއްނުވެ އެމްޓީސީސީގެ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައާއި ބޭރުން ގެންނަންޖެހޭ ތަކެތި ގެނެސް ރަށްރަށުގައި ހިންގާ ބަނދަރާއި، ބިންހިއްކުމާއި އެނޫންވެސް މަޝްރޫޢުތައް ކުރިއަށްދާނެކަމަށް ވިދާޅުވެފައެވެ. އެމްޓީސީސީގައި މިހާރު އޮތް މަހާ ޖައްރާފާއަށްވުރެ ތިން ގުނަ ބޮޑު ޑްރެޖަރު މިއަހަރު ނިންމެންވާއިރަށް ރާއްޖެއަށް ގެނެވޭނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އެއާއެކު ބިންހިއްކުމުގެ މަސައްކަތް ނުފެށި ހުރި ހުރިހާ ރަށެއްގައި ބިންހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
Advertisement

އާރްޑީސީ އަކީ މަގުހަދާ ކުންފުނި. މިހާރު އެކުންފުނި އެމްޓީސީސީއާ އެއްކޮށްލާފައި ވަނީ. އާރުޑީސީން މަގު ހެދުމުގެ މަސައްކަތްތައް އެކަށީގެންވާ ގޮތަކަށް ގެންދިއުމަށް އައު މެޝިނަރީޒް ވަނީ ހޯދައިި ދެވިފައި. ދެތިން މަހެއްހާ ތެރޭގައި މަސައްކަތްވެސް ފެށޭނެ. މިހާރު މަސައްކަތުގެ ސްޕީޑަށް ގެންނަ ބަދަލާއެކު 2027 އަށް ވަރަށް ގިނަ މަޝްރޫޢުތައް ނިމިގެންދާނެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރު ހަވާލުވިއިރުވެސް ރަށްރަށުގައި ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ހުއްޓިފައި އޮތްކަމަށެވެ. އަދި ބައެއް މަޝްރޫޢުތަކަކީ ފައިސާވެސް ހަމަނުޖެހި ހަވާލުކޮށްފައި ހުރި މަޝްރޫޢުތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް ސަރުކާރުން މިހާރު ފެނާއި ނަރުދަމާގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށާއި، މި މަޝްރޫޢުތައްވެސް މި އަހަރާއި އަންނަ އަހަރުގެ ނިޔަލަށް އެކީ ނިންމާލެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ އިޤްތިޞާދަށް އައި ބަދަލާއެކު ރިޔާސީ ބަޔާނުގައި ވިދާޅުވި ތާރީޚުތަކަށް މަޝްރޫޢުތައް ނުނިމުނު ނަމަވެސް، އެމަނިކުފާނު ވެޑައިގެންފައިވާ ހުރިހާ ވައުދެއް ރަށްރަށުގައި އަންނަ އަހަރު ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz departure

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

muiz

ކެޕޭސިޓީ ވަރުގަދަކުރާ ޑްރެޖަރާއެކު ކުރިއެރުން ބޮޑުވާނެ: ރައީސް

473841 0a98b3db 4

20 އަހަރުގެ މާސްޓަރޕްލޭން، ޤާނޫނީގޮތުން ހިމާޔަތްކުރުމަށް މަސައްކަތްތަކެއް ދަނީކުރެވެމުން: ރައީސް

އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކުރުމުގެ މިދަނީ މަސައްކަތް ކުރަމުން: ރައީސް