ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގެ މަގުތައް ހެދުމުގެ ބިޔަ މަޝްރޫޢު ކުރިޔަށް ގެންދަނީ މައިގަނޑު ތިން މަޤްޞަދެއް ހާސިލްކުރުމަށް: ރައީސް

Boduthakurufaanu magu
ބޮޑުތަކުރުފާނު މަގުން ނިމިފައިވާ ސަރަޙައްދު / ފޮޓޯ: އެމްޓީސީސީ
Maldivian_Ads
TTH_Ads
STO_Ads
Advertisement

މާލޭގެ މަގުތައް ހެދުމުގެ ބިޔަ މަޝްރޫޢު ކުރިޔަށް ގެންދަނީ މައިގަނޑު ތިން މަޤްޞަދެއް ހާސިލްކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ “ނޭޝަން ޗެޓް” ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މާލޭގެ މަގުތައް ހަދަމުން މިދަނީ މަގުތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި، މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ އިތުރުން، ޕާކިންގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.

މާލޭގެ މަގުތައް ހަދަމުން މިދަނީ މަގުތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށާއި ޕާކިން މައްސަލަ ހައްލުކުރުމަށް. ރައީސް

HajjCop_ads
Advertisement

މި މަޢުޟޫއަށް ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ ނޫސްވެރިން ފާހަގަކުރި ގޮތުގައި، މާލޭގެ ވަށައިގެން އޮންނަ ރިންގު ރޯޑު ބޮޑުކޮށް، މިހާރު ފެންނަ ފެންވަރަށް ތަރައްޤީ ކުރުމަކީ ކުރީގެ ވެރިކަންތަކުން އެދެވޭ ސަމާލުކަމެއް ދީފައިވާ ކަމެއް ނޫންކަމަށެވެ. އެހެންކަމުން މިއީ ވާނެކަމަށް ގިނަ ބަޔަކަށް ޤަބޫލު ކުރެވުނު ކަމެއް ނޫންކަން ނޫސްވެރިން ފާހަގަކުރިއެވެ. ރިންގު ރޯޑުގެ މަސައްކަތަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ކުރިން ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ފެއްޓެވި މަސައްކަތެކެވެ. ނަމަވެސް އެމަނިކުފާނުގެ ވަޒީރުކަމުގެ ދައުރު ނިމުމާއެކު، ވޭތުވެދިޔަ ސަރުކާރުގައި އެ މަސައްކަތް އޮތީ ހުއްޓިފައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް މިހާރު ކުރިޔަށް ގެންދަނީ ސަރުކާރުގެ ސީދާ ޚަރަދުގައި ކަމަށެވެ. އަދި ރިންގު ރޯޑުގެ މަސައްކަތް ނިމުމުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ އެތެރޭގެ މަގުތައް މަރާމާތުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

ރިންގު ރޯޑު ތަރައްޤީވެ ނިމުމުން މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އޭރުން ބޮޑުތަކުރުފާނު މަގު ބޭނުންކުރާ ފަރާތްތައް އިތުރުވެ، އެތެރޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެގެންދާނެ ކަމަށެވެ.

ޕާކިންގެ މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޕާކިން އިމާރާތްތަކުގެ މަސައްކަތް ލަސްވަނީ އެކަމަށް ބޭނުންވާ ބަޖެޓު ހަމަނުޖެހިގެން ކަމަށެވެ. ނަމަވެސް ބޭރުގެ އެހީއަށް އެކަނި ބަރޯސާނުވެ، ސަރުކާރުގެ ބަޖެޓުން މި މަސައްކަތް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މާލޭގައި ޕާކުކުރާއިރު އާންމުންނަށް އުނދަގޫވާގޮތަށް މަގުމަތީގައި އުޅަނދުތައް ބެހެއްޓުން ހުއްޓުވުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މިކަމުގައި މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެއެވެ. ނަމަވެސް، މިހާރު ކަންތައްތައް ހުރި ގޮތުން ކައުންސިލްގެ އެއްބާރުލުން އެދެވޭ ގޮތެއްގައި ލިބޭނެކަމަށް ގަބޫލުނުކުރެވޭކަމަށް ވިދާޅުވެ ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 27 at 09.48.08

ފޮއްދޫ ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ މަޝްރޫޢުގެ 82 އިންސައްތަ މަސައްކަތް ނިމިއްޖެ

WhatsApp Image 2026 09 27 at 15.56.16

ތުޅާދޫ ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގެ ބޭރު ސިމެންތި ޖެހުމުގެ މަސައްކަތް ކުރިއަށް

Raees muiz

ދަރިވަރުންގެ ކުރިމަގު ކަނޑައަޅާ މަރުހަލާއަކީ މަތީ ސާނަވީ އިމްތިހާނު: ރައީސް

473830 7118be98 6

އިޤްތިޞާދީ ގޮންޖެހުންތަކާއެކުވެސް އަންނަ އަހަރު ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ: ރައީސް