ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަޅުގަނޑުމެން މި ބަލަނީ އާރްޓީއެލް ޚިދުމަތަކީ ހިތްފަސޭހަ ޚިދުމަތަކަށް ހަދަން: ރައީސް

RTL
TTH_Ads
Maldivian_Ads
STO_Ads
Advertisement

މި ސަރުކާރުން މަސައްކަތް ކުރައްވަނީ އާރްޓީއެލްގެ ޚިދުމަތަކީ، ރައްޔިތުން ބޭނުންވާ ފެންވަރުގައި ދެވޭ ޚިދުމަތަކަށް ހެދުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

” އާރްޓީއެލް ޚިދުމަތަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ގާއިމުކުރަން މަސައްކަތްކުރާކަމެއް. ކަނޑައެޅި ޓާގެޓަށް ނިންމުމުގަ ޑިލޭތަކެއް އައިއްސި. ހަނގުރާމައިގެ ހާލަތުގަ ރާއްޖެއަށް ވެސް ދިމާވި ދަތިތައް ފައިސާ ޚަރަދުކުރުމުގަ އިސްކަންދޭންޖެހޭ ތަރުތީބު ކަނޑައެޅުމުގައި. ބައެއް ކަންކަން މަޑުޖެހިފައި އެބަހުރި. އަޅުގަނޑުމެން މި ބަލަނީ އާރްޓީއެލް ޚިދުމަތަކީ ހިތްފަސޭހަ ޚިދުމަތަކަށް ހަދަން. މީހުން ބޭނުންވާ ފެންވަރުގަ އަވަހަށް ރަނގަޅަށް ދެވޭ ޚިދުމަތަކަށް ހެދުމަށް”. ރައީސް

HajjCop_ads
Advertisement

އާރްޓީއެލް ފެރީގެ ޚިދުމަތް މުޅި ރާއްޖެއަށް ގުޅާލުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. މީގެކުރިން ސަރުކާރުން މަސައްކަތްކުރެއްވީ މި ޚިދުމަތް މުޅި ރާއްޖެއަށް ގުލާލުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ނިންމުމަށެވެ. ނަމަވެސް މިޚިދުމަތް މުޅި ރާއްޖެއަށް ގުޅާލުމުގެ މަސައްކަތް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ނުނިމި ލަސްވުމެއް އައީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަނގުރާމައާއި ގުޅިގެން އެކި ކަންކަމުގައި ރާއްޖެއަށް ދަތިތަކާ ކުރިމަތިވިކަމަށާއި، މިކަމުގެ ސަބަބުން ފައިސާ ޚަރަދުކުރުމުގައި އިސްކަންދޭންޖެހޭ ތަރުތީބު ކަނޑައަޅަންޖެހުނުކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އާރްޓީއެލް ފެރީގެ ޚިދުމަތަކީ، ރައްޔިތުން ބޭނުންވާ ފެންވަރުގައި، އަވަހަށް ފޯރުކޮށްދެވޭ ޚިދުމަތަކަށް ހެދުމަށް މަސައްކަތްކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

އާރްޓީއެލްގެ ޚިދުމަތް މިހާތަނަށް 15 އަތޮޅެއްގައިވަނީ ފަށާފައެވެ. މި ޚިދުމަތަށް މިހާރުވެސް 35 ލޯންޗު ބޭނުންކުރަމުން އަންނައިރު، އިތުރު 12 ލޯންޗު ބަނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތް މުޅި ރާއްޖޭގައި ފެށުމަށް ފަހު ދެން މަސައްކަތް ފަށާނީ އެއް އަތޮޅުން އަނެއް އަތޮޅާ ގުޅުވާލުމުގެ މަސައްކަތްކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށްއޮތްތަނުގައި އެކި ޒޯންތައް ގުޅާލުމުގެ މަސައްކަތްވެސް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް މީގެކުރިން ވަނީ ވިދާޅުވެފައެވެ. 2022ވަނަ އަހަރު ފެށި މި ޚިދުމަތް ރާއްޖޭގެ 145 ރަށަކަށް ދަނީ ލިބެމުންނެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 08 27 at 14.58.57

ރ. މީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ ފުންކުރުމުގެ މަސައްކަތް

RTL

މިދިޔަ އަހަރު މާލެ ސަރަހައްދުން އަށް މިލިޔަނަށް ވުރެ ގިނަ މީހުން ބަހުގެ ހިދުމަތް ހޯދި

raees muiz

އެސެޓް ރިކަވަރީ ގާނޫނުގެ ބޭނުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން އެއްކޮށް ނައްތައިލުން: ރައީސް

muiz

ރައްޔިތުންގެ އަޑު: މިފަހަރުވެސް 8 ދާއިރާއަކުން ނަން ނޯޓުކުރެވޭނެ