ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްސޭރި ޖަލުގެ އާ އޮފީސް އިމާރާތް ހުޅުވައިފި

Io
TTH_Ads
STO_Ads
Advertisement

ޕްރިޒަން އޮފިސަރުންނާއި ގައިދީންގެ އުފެއްދުންތެރިކަމާއި ހުނަރުވެރި މަސައްކަތުން ބިނާކުރި އައްސޭރި ޖަލުގެ އާ އޮފީސް އިމާރާތް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

މިކަމަށްޓަކައި އައްސޭރި ޖަލުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި އޮފީސް ހުޅުވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ އަސްލު ބޭނުމަކީ ގައިދީން މިނިވަންވުމަށްފަހު އެހެން ބައެއްގެ ދަށުން މަސައްކަތް ކުރުމުގެ ބަދަލުގައި، އަމިއްލަ ކުންފުނިތައް ހަދައިގެން މަސައްކަތް ކުރާނެ ފެންވަރުގެ ހުނަރުވެރި ބަޔަކަށް އެމީހުން ހެދުން ކަމަށެވެ.

“އަޅުގަނޑުމެން ބޭނުންވަނީ މިނިވަންވެގެން މުޖުތަމައަށް ނުކުންނަ އިރު، އެމީހުންގެ އަމިއްލަ ކޮންސްޓްރަކްޝަން ކުންފުނިތައް އުފައްދައި، އަމިއްލަ އަތުން މަޝްރޫއުތައް މެނޭޖުކުރާ ތަން ދެކެން. އަމިއްލަ ފައިމައްޗަށް ތެދުވެ، ކޮންޓްރެކްޓިން ގްރޫޕްތައް އިސްވެ ހިންގާނެ ގާބިލުކަން އެމީހުންގެ ކިބައިގައި އަށަގަންނުވަން ޖެހޭ،” ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

HajjCop_ads
Advertisement

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ މީގެ ކުރިން ބޭނުންކުރަމުން އައި 400 އަކަފޫޓުގެ ކުޑަ އޮފީހުގެ ބަދަލުގައި އަލަށް ހުޅުވުނު މި އިމާރާތަކީ ޖާގަ ތަނަވަސް، މަސައްކަތް ކުރަން ފަސޭހަ މާހައުލެއް ކަމަށެވެ. މީގެ އިތުރުން، މުވައްޒަފުންނާއި ގައިދީންނަށް ޚާއްޞަ ކްލާސްރޫމަކާއި މީޓިންގ ރޫމެއްވެސް މި އިމާރާތުގައި ހިމެނެއެވެ.

ގައިދީންނަށް ވިޔަފާރި އާއި ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ފައިނޭންޝަލް ލިޓްރެސީ ފަދަ ދާއިރާތަކުން އިތުރު ތަމްރީނު ދިނުމަށް ސަރުކާރުން ރާވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، އައްސޭރި ޖަލުގައި އަލަށް ބިނާކުރާ ބަދިގޭގެ ބިންގާވެސް ވަޒީރު ވަނީ އަޅުއްވައިދެއްވާފައެވެ. އަދި މީގެ އިތުރުން، ކަރެކްޝަންސްގެ އިންސްޓިޓިއުޓް ފޯ ރިހެބިލިޓޭޝަން އެންޑް ރިސާޗް (CIRR) އިން ކުރިއަށްގެންދާ ގިރާއަތް ސެޓްފިކެޓް ލެވެލް 1 ގެ ކޯސް އިފްތިތާހުކޮށް، ގައިދީންގެ މެދުގައި ބޭއްވޭ ފުޓްސަލް މުބާރާތެއްވެސް ވަނީ ފަށްޓަވައިދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙުސައިން ޒަރީރުގެ އިތުރުން ކަރެކްޝަންސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިންނާ މިނިސްޓަރު އިޙްސާން އަދި ސީޕީ ބައްދަލުކުރައްވައިފި

90

ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް ކުރިއަށްވުރެ މާފުޅާވެއްޖެ: ވަޒީރު އިޙްސާން

Ihsaan

ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތައް ގުޅުވައިދޭ ‘މައި ކެރިއަރ ޕޯޓަލް’ އިފްތިތާޙުކޮށްފި

445gf

ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ހުނަރު ނެތްނަމަ ނާކާމިޔާބުވާނެ: އިޙްސާން