މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1އިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކ.ތުލުސްދޫ / ވައިޓްރޯސް ، މުހައްމަދު ހަމްދާން (40އ) އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހު 30 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު މަގުމަތީގައި ހުރި މީހެއްގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 24 ރަބަރު ޕެކެޓު ފެނުމާ ގުޅިގެން ކަމަށެވެ.
އަދި އެތަކެތީގެ ވަގުތީ ބަރުދަނަކީ 2.95 ގުރާމް ކަމަށާއި މި މައްސަލަ އާ ގުޅިގެން އިތުރަށް އޭނާ ބަލައި ފާސްކުރިއިރު 2000 އަށް ވުރެ ގިނަ ދިވެހި ފައިސާ ވެސް އޭނާ ގެ އަތުން ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ އާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.












ކިޔުންތެރިންގެ ހިޔާލު