ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިރާގުގެ ސީއީއޯގެ މަގާމުން އިސްމާއީލް ރަޝީދު ރިޓަޔާކުރެއްވުމަށް ނިންމަވައިފި

Io
Maldivian_Ads
STO_Ads
TTH_Ads
Advertisement

ދިރާގަށް ގާތްގަނޑަކަށް ސާޅީސް އަހަރުގެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވުމަށްފަހު، އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިސްމާޢިލް ރަޝީދު ރިޓަޔާކުރެއްވުމަށް ނިންމެވުމާ ގުޅިގެން، ސައުތު އެފްރިކާގެ ރައްޔިތެއް ކަމަށްވާ ވަލްޑެމާރ ފެރަޑާޒް ދިރާގުގެ އައު ސީއީއޯ ޑެޒިގްނޭޓްގެ ގޮތުގައި އައްޔަންކޮށްފިއެވެ.

1988 ވަނަ އަހަރު ދިރާގު އުފެދުނުއިރު އެ ކުންފުނީގެ ޓީމުގައި ހިމެނިވަޑައިގެންނެވި އިސްމާއީލް ރަޝީދަކީ ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ކަނެކްޓިވިޓީގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވި ބޭފުޅެކެވެ. ކޭބަލް އެންޑް ވަޔަލެސްއިން ކެރިއަރު ފެއްޓެވި އިސްމާޢިލްގެ ލީޑަޝިޕްގެ ދަށުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ގުޅުވާލަދިން ނެޓްވޯކް ރޯލްއައުޓް ޕްރޮގްރާމް ފުރިހަމަކުރުމާއި، ޖީއެސްއެމް މޯބައިލް ޚިދުމަތް ތައާރަފުކުރުން ހިމެނެއެވެ. މީގެ އިތުރުން، 2006 ވަނަ އަހަރު ދިރާގު އެސްއެލްޓީ ސަބްމެރީން ކޭބަލް ސިސްޓަމް އެޅުމާއި، ރާއްޖޭގެ އުތުރާއި ދެކުނުގައި ޑޮމެސްޓިކް ސަބްމެރީން ކޭބަލް ގާއިމުކޮށް، މިއަދުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ މައިބަދަ ގާއިމުކުރުމުގައި އެ ބޭފުޅާ އިސް ދައުރެއް އަދާކުރެއްވިއެވެ. ދެހާސް ފަނަރަ ވަނަ އަހަރު ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ސައްތައިން ސައްތަ އެފްޓީޓީއެޗް ކަވަރެޖް ވަނީ ކާމިޔާބުކަމާއެކު ފޯރުކޮށްދީފައެވެ.

އިސްމާއީލް ރިޓަޔާކުރައްވަން ނިންމެވުމާ ގުޅިގެން ދިރާގުގެ އާ ސީއީއޯ ޑެޒިގްނޭޓްގެ ގޮތުގައި އައްޔަންކުރެއްވި ވަލްޑެމާރ ފެރަޑާޒް އަކީ ދިރާގުގެ މައި ހިއްސާދާރު ބިޔޯން ކުންފުނިން އައްޔަންކުރެއްވި ބޭފުޅެކެވެ. އައު ސީއީއޯ ހޯދުމުގެ މަސައްކަތް ލީޑުކުރީ ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ރެމިއުނަރޭޝަން، ނޮމިނޭޝަން އެންޑް ގަވަނަންސް ކޮމިޓީގެ ބެލުމުގެ ދަށުން ބިޔޯން އިންނެވެ. ވަލްޑެމާރ ފެރަޑާޒް އަކީ ބައިނަލްއަގްވާމީ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ސާވިސަސް ދާއިރާގައި ތިރީސް އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އެފްރިކާ، ޔޫރަޕް، އޭޝިއާ އަދި ކެރީބިއަންގެ މާކެޓުތަކުގައި މަސައްކަތްކުރައްވައި، ދެކުނު އެފްރިކާގެ ފުރަތަމަ މޯބައިލް ނެޓްވޯކް ތައާރަފުކުރުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އަދި ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ކުންފުނިތައް ކަމަށްވާ ޑިޖިސެލް، ސެލް ސީ، ޓެލްކޮމް މޯބައިލް އަދި ވޮޑަފޯން ފަދަ ކުންފުނިތަކުގެ ސީނިއާ ލީޑަޝިޕް މަގާމުތައް ވަނީ ފުރުއްވާފައެވެ.

HajjCop_ads
Advertisement

ވަލްޑެމާރ ފެރަޑާޒްގެ ލީޑަޝިޕް ބިނާވެފައިވަނީ އެންމެންގެ އަޑުއަހައި، މުވައްޒަފުން ބާރުވެރިކުރުވައި، ކުންފުނީގެ ސަގާފަތް ވަރުގަދަކޮށް ދެމެހެއްޓުމުގެ މައްޗަށެވެ. މި އިންތިގާލީ މަރުހަލާގައި އިސްމާޢިލް ރަޝީދާއެކު އޭނާ ގާތުން މަސައްކަތް ކުރައްވާނެއެވެ. ދިރާގުގެ ބޯޑުން ޔަގީންކަން ދެއްވާފައިވާ ގޮތުގައި، މި ބަދަލުވުމުގެ މަރުހަލާ ކުރިއަށްދާނީ ވިޔަފާރީގެ ހިންގުމަށް އެއްވެސް މެދުކެނޑުމެއް ނައިސް، ސްޓްރެޓެޖީތަކަށް ބަދަލެއް ނުގެނެސް، އަދި ކުންފުނީގެ ދިގު މުއްދަތުގެ މިސްރާބަށް އެއްވެސް އަސަރެއް ނުކުރާނެ ގޮތަށެވެ. މިއީ މޯބައިލް އަދި ފިކްސްޑް ޓެލެކޮމިއުނިކޭޝަންސް އާއި ޑިޖިޓަލް ޚިދުމަތްތަކުގެ ދާއިރާއިން ދިރާގުގެ ވިޔަފާރި އިތުރަށް ހަރުދަނާވެގެންދާނެ ބަދަލެއްކަމަށް އެ ކުންފުނިން ދެކެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big qKRQqayyDMU9OVpNe0mqEgvuG

40 އަހަރުގެ ޚިދުމަތަށްފަހު އިސްމާޢީލް ދިރާގާ ދުރަށް

dhiraagu

ދެވަނަ ކުއާޓަރުގައި ދިރާގަށް 734 މިލިއަން ރުފިޔާ

ދިރާގު 2ވަނަ ސްޕީޑް ބޯޓުގެ ނަސީބުވެރިޔާ ހޮވައިފި

ޓެލްކޯ އޮފް ދަ އިޔަރގެ ޝަރަފުވެރި އެވޯޑް ދިރާގަށް ލިބިއްޖެ