ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެވަނަ ކުއާޓަރުގައި ދިރާގަށް 734 މިލިއަން ރުފިޔާ

dhiraagu
TTH_Ads
STO_Ads
Maldivian_Ads
Advertisement

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 734 މިލިޔަން ރުފިޔާ ދިރާގަށް ލިބިއްޖެއެވެ.

ދިރާގުގެ ކުއާޓަލީ ރިޕޯޓު ދައްކާގޮތުގައި އެކުންފުނިން އާމްދަނީ ހޯދަނީ، މައިގަނޑު 2 ދާއިރާއަކުންނެވެ. އެއީ، މޯބައިލް ޚިދުމަތްތަކާއި ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ.

ދިރާގުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މިމުއްދަތުގެ ތެރޭގައި މޯބައިލް ޚިދުމަތްތައް ފޯރުކޮށްދީގެން އެކުންފުންޏަށް 394 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯބައިލް ޚިދުމަތްތައް ފޯރުކޮށްދީގެން އެކުންފުންޏަށް ލިބިފައިވަނީ، 404 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %2.47 ދަށްވުމެކެވެ.  ނަމަވެސް ފިކްސް ބްރޯޑްބޭންޑު ޚިދުމަތުން ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. ދިރާގުގެ ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފިކްސްޑު ބްރޯޑްބޭންޑު ޚިދުމަތްތަކުން 315 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ، އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފިކްސް ބްރޯޑްބޭންޑް އާމްދަނީގެ ގޮތުގައި ދިރާގަށް ލިބުނު 302 މިލިޔަން ރުފިޔާގެ އާމްދަނީއާއި އަޅާބަލާއިރު %4.3 އިތުރުވުމެކެވެ.

HajjCop_ads
Advertisement

ދެވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 734 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ، އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި ލިބުނު 730 މިލިޔަން ރުފިޔާއާ އަޅާބަލާއިރު %0.46 އިތުރު އަދަދެކެވެ.

ދެވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ދިރާގަށް ވަނީ، 249 މިލިޔަން ރުފިޔާ ލިބިފައެވެ. މި އަދަދަކީ، އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 256 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު ދަށް އަދަދެކެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދު ދަށްވެފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު އެކުންފުންޏަށް ލިބުނު ސާފު ފައިދާވެސް ވަނީ ދަށްވެފައެވެ. އެގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ދިރާގަށް 214 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dhiraagu

އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދަނީ

DSC

ދިރާގުގެ މެޖޯރިޓީ ހިއްސާއާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވާން ހުޅުވާލައިފި

ދިރާގު މާލެ އޯޕަން ފެތުމުގެ މުބާރާތް ކުރިޔަށް ގެންގޮސްފި