ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފޭދޫ ސްކޫލުގެ ކެޑޭޓް ކޭމްޕެއްގެ ތެރެއިން ގިނަ ދަރިވަރުންތަކެއް ބަލިވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި

Hassan
TTH_Ads
STO_Ads
Maldivian_Ads
Advertisement

ސ. ފޭދޫ ސްކޫލުގައި ކުރިއަށްދިޔަ ކެޑޭޓް ކޭމްޕެއްގެ ތެރެއިން ހޮޑުލުމާއި ބޭރަށްހިންގުމުގެ އަލާމާތްތައް ފެނިގެން 31 ދަރިވަރަކަށް ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި ފޭދޫ ސިއްހީ މަރުކަޒުގައި 12 ދަރިވަރަކަށް އަދި މަރަދޫ ސިއްހީ މަރުކަޒުގައި 12 ދަރިވަރަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނައިރު، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް 7 ދަރިވަރަކު ގެންގޮސް ވަނީ ފަރުވާ ދޭން ފަށައިފައެވެ.

ސިއްހީ އެހީތެރިން ބުނި ގޮތުގައި ފަރުވާ ދެމުންދާ ދަރިވަރުންގެ ފަރާތުން ފެންނަމުންދާ މައިގަނޑު އަލާމާތްތަކަކީ ބޭރަށްހިންގުމާއި ހޮޑުލެވުމުގެ އިތުރުން ބަނޑުގައި ރިއްސުމެވެ. ނަމަވެސް އެއްވެސް ކުއްޖެއްގެ ހާލު ސީރިއަސް ނޫން ކަމަށާއި ފަރުވާ ދެމުންދާ ވަރަކަށް ކުދިންގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

HajjCop_ads
Advertisement

މި ހާދިސާގައި ބަލިވެގެން ފަރުވާ ދެމުންދަނީ އެ ސްކޫލުގެ ގްރޭޑް 7 އަދި 8 ގެ ދަރިވަރުންތަކަކަށެވެ. މިއީ ކާބޯތަކެތީގެ ނުވަތަ އެހެން ކަމެއްގެ ސަބަބުން ދިމާވި ހާދިސާއެއް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

މި ހިނގާ ހަފުތާގެ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލުތަކުގައި ކެޑޭޓާއި އެހެނިހެން ޔުނިފޯމް ހަރަކާތްތަކުގެ ކޭމްޕްތައް އަންނަނީ ބާއްވަމުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

އައްޑޫ ފޭދޫގައި މަސައްކަތްކުރާ ބިދޭސީއަކު އިސްލާމްވެއްޖެ

ގެއްލުނު ރާއިދާ ފެނިއްޖެ، ހާލު ރަނގަޅު

Izaam

ފޭދޫން ގެއްލުނު ކުއްޖާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

ފޭދޫގައި ‘އިސްރަށްވެހިންގެ ހިޔާވަހި’ ތަރައްޤީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި