ވައިގެ މަގުން ރާއްޖެއަށް ވަޒަންހުރި މެގަޒިނެއް ގެނައި މީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އެމެރިކާއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ ކޮބްލޯ ބްރިޓެއިން ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައެވެ. އަދި މައްސަލަ ތަހްގީގްކުރުމުގެ ގޮތުން ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ. މި މައްސަލަ ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.











ކިޔުންތެރިންގެ ހިޔާލު