ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

tree top
STO_Ads
TTH_Ads
Advertisement

ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރިއަށްގެންދާ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. އެ ހޮސްޕިޓަލުން މަޢުލޫމާތުދޭ ގޮތުގައި، މި ކޭމްޕުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ހިނގާ ޖޫން މަހުގެ 24 އިން ފެށިގެން އަންނަ ޖުލައި މަހުގެ 16 ގެ ނިޔަލަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މި ކޭމްޕްގެ ދަށުން ކޮންސަލްޓޭޝަންތަކާއި ހިތާނުކުރުމުގެ ޕްރޮސީޖާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 12 އިން ފެށިގެން އޮގަސްޓް މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ. މި ޚިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާނީ އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރުންނާއި ކުޑަކަމުދާ ނިޒާމުގެ ޚާއްޞަ (ޔޫރޮލޮޖީ) ޑޮކްޓަރުން ހިމެނޭ ތަޖުރިބާކާރު މެޑިކަލް ޓީމެކެވެ. މި ޓީމުގައި ޑރ. މޫމިން، ޑރ. އުކްތަމް، ޑރ. ހުސެއިން، ޑރ. ޝަރީފް، ޑރ. އޯޑަ އަދި ޑރ. އުބައިދު ހިމެނިވަޑައިގަންނަވައެވެ.

ހިތާނީ ކޭމްޕްގެ ޖުމްލަ ޕެކޭޖް އަގަކީ 6,500 ރުފިޔާއެވެ. ނަމަވެސް އާސަންދަ މެދުވެރިކޮށް 1,000 ރުފިޔާ ހަމަޖެހޭނެތީ، ބެލެނިވެރިން ހޮސްޕިޓަލަށް ދައްކަން ޖެހޭނީ 5,500 ރުފިޔާއެވެ. އެންމެ މަތީ ފެންވަރުގެ ފަރުވާ ކަށަވަރުކުރުމަށްޓަކައި، ހުރިހާ އޮޕަރޭޝަންތަކެއްވެސް ކުރިއަށްދާނީ ކުދިންނަށް ހިތްހަމަޖެހޭނެ ފަދަ ޚާއްޞަ މާހައުލެއްގައެވެ.

HajjCop_ads
Advertisement

ހިތާނީ ޕެކޭޖްގައި ހިމެނޭ ޚިދުމަތްތައް:
ޔޫރޮލޮޖިސްޓް އަދި އެނެސްތީސިއޮލޮޖިސްޓުންގެ އޮޕަރޭޝަނުގެ ކުރީގެ ކޮންސަލްޓޭޝަން

ޕްރޮސީޖާއާއި ގުޅޭ އާންމު ލެބޯޓަރީ ޓެސްޓްތައް

ލޯކަލް ނުވަތަ ޖެނެރަލް އެނެސްތީސިއާގެ ދަށުން ހިތާނުކުރުން

އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ތަކެއްޗާއި ބޭސް

އޮޕަރޭޝަނަށްފަހު ޑޭކެއާގައި މޮނިޓަރ ކުރުން

ފޮލޯއަޕް ކޮންސަލްޓޭޝަން އަދި އޮޕަރޭޝަނަށްފަހު ލުއި ކެއުން

ޚާއްޞަ އަގެއްގައި ޕްރައިވެޓް ރޫމަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ފެންވަރު ރަނގަޅު ފަރުވާ ރާއްޖެއިން ފޯރުކޮށްދީ، ސިއްހީ ފަރުވާއަށް ދިވެހިން ބޭރު ޤައުމުތަކަށް ކުރަންޖެހޭ ޚަރަދުތައް ކުޑަކޮށްދިނުމެވެ.

މި ކޭމްޕާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން ހޮސްޕިޓަލުގެ ނަންބަރު 3351610 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tree top

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ލާމު އަތޮޅުގައި ކުރިއަށްގެންދިޔަ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕް ނިންމާލައިފި

tree top

ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރެއްދޫ ރިސޯޓުގައި ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

މ. މުލީގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚާއްސަ ހެލްތް ކޭމްޕް ބާއްވަނީ