ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރީ ޓޮޕް ހޮސްޕިޓަލުން ލާމު އަތޮޅުގައި ކުރިއަށްގެންދިޔަ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕް ނިންމާލައިފި

STO_Ads
TTH_Ads
Advertisement

ޓްރީ ޓޮޕް ހޮސްޕިޓަލުން 2026 ވަނަ އަހަރަށް ރޭވި މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕްތަކުގެ ތެރެއިން ދެވަނަ ކޭމްޕް، ލާމު ގަމުގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މަތީ ފެންވަރުގެ ސްޕެޝަލިސްޓް ޞިއްޙީ ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

2M3A4027
ޓްރީ ޓޮޕް ހޮސްޕިޓަލުން ލ. ގަމުގައި ބޭއްވި ހެލްތު ކޭމްޕް. (ފޮޓޯ/ޓްރީ ޓޮޕް)

ގަމު ރީޖަނަލް ހޮސްޕިޓަލާއި، ހައްދުންމަތީ ގަމު ކައުންސިލްގެ އިތުރުން ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން 2026 ޖޫން 19 އާއި 20 ގައި ބޭއްވި މި ކޭމްޕަށް އެ އަތޮޅުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 492 މީހަކަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ މަޝްވަރާ އާއި ފަރުވާ ދެވިފައިވެއެވެ. މީގެ ސަބަބުން މާލެއަށް ދަތުރުކުރުމުގެ ބަދަލުގައި، ރަށުގައި ތިބެގެން މާހިރުންގެ ޞިއްޙީ ހިދުމަތް ހޯދުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވެގެންދިޔައެވެ.

2M3A3914
ޓްރީ ޓޮޕް ހޮސްޕިޓަލުން ލ. ގަމުގައި ބޭއްވި ހެލްތު ކޭމްޕް. (ފޮޓޯ/ޓްރީ ޓޮޕް)

މި ކޭމްޕްގައި ހިތުގެ ބަލިތައް، ހަކުރުބައްޔާއި ހޯރމޯންގެ ބަލިތައް، ކަރުންމަތީގެ ބަލިތައް، އާންމު އޮޕަރޭޝަން، ކަށީގެ ބަލިތައް، ފުއްޕާމޭގެ ބަލިތައް އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޓީމަކުން ބަލިމީހުން ބައްލަވައި، ޞިއްޙީ ސްކްރީނިންގް އާއި ހޭލުންތެރިކުރުވުމުގެ މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.

HajjCop_ads
MMA_Ads
Advertisement

2M3A3771
ޓްރީ ޓޮޕް ހޮސްޕިޓަލުން ލ. ގަމުގައި ބޭއްވި ހެލްތު ކޭމްޕް. (ފޮޓޯ/ޓްރީ ޓޮޕް)

ބަލިމީހުން ބެލުމުގެ އިތުރުން، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށާއި ޞިއްޙީ ކަންކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ގަމުގެ ދަރިވަރުންނަށް ޚާއްސަ ސެޝަނެއް ވެސް ކުރިއަށްގެންދެވުނެވެ. އަދި ގަމު ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި މައުލޫމާތު ހިއްސާކުރުމަށްޓަކައި ހާއްސަ ތަމްރީނު ސެޝަނެއް ވެސް ވަނީ ބާއްވާފައެވެ.

2M3A3817
ޓްރީ ޓޮޕް ހޮސްޕިޓަލުން ލ. ގަމުގައި ބޭއްވި ހެލްތު ކޭމްޕް. (ފޮޓޯ/ޓްރީ ޓޮޕް)

މި ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލުމުގައި ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި،  ލ. ގަމު ކައުންސިލާއި،  ލ. ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން، ކަމާބެހޭ އިދާރާތަކުންނާއި، ވޮލަންޓިއަރުން އަދި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރެއެވެ.

2M3A3702
ޓްރީ ޓޮޕް ހޮސްޕިޓަލުން ލ. ގަމުގައި ބޭއްވި ހެލްތު ކޭމްޕް. (ފޮޓޯ/ޓްރީ ޓޮޕް)

މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ބޭއްވި 18 ވަނަ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެވެ. މީގެ ކުރިން މ، ދ، ތ، ގއ، ގދ، ހއ، ލ، އަދި ށ. އަތޮޅުގައި ވެސް މިފަދަ ކާމިޔާބު ކޭމްޕްތަކެއް ވަނީ ބާއްވާފައެވެ.

2M3A3876
ޓްރީ ޓޮޕް ހޮސްޕިޓަލުން ލ. ގަމުގައި ބޭއްވި ހެލްތު ކޭމްޕް. (ފޮޓޯ/ޓްރީ ޓޮޕް)

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަގުސަދަކީ ފެންވަރު ރަނގަޅު ޞިއްޙީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދީ، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ގާބިލުކަން އިތުރުކުރުމާއި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވެދިނުމެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tree top

ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރެއްދޫ ރިސޯޓުގައި ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

މ. މުލީގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚާއްސަ ހެލްތް ކޭމްޕް ބާއްވަނީ

ހައްޖުވެރިން އެނބުރި އައުމަށްފަހު މަދުވެގެން ދެ ހަފުތާ ވަންދެން ބޮޑެތި އެއްވުންތައް ބޭއްވުމުން ދުރުހެލިވާންޖެހޭ: ޑރ. އިޔާޒު

ރޭސާސް އެމްވީގެ ކުޑަކުދިންގެ އެތްލެޓިކްސް ހަރަކާތަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އެހީތެރިކަން ފޯރުކޮށްދީފި