ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފި

tree top
STO_Ads
TTH_Ads
Advertisement

ޓްރީ ޓޮޕް ހޮސްޕިޓަލުން 2026 ވަނަ އަހަރުގެ ފުރަތަމަ ޚިތާނީ ކޭމްޕްގައި ރަޖިސްރީ ކުރުމަށް ވަނީ ހުޅުވާލެވިފައެވެ. މި ކޭމްޕުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 24 ޖޫން 2026 އިން ފެށިގެން 16 ޖުލައި 2026 ގެ ނިޔަލަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ކޭމްޕްގެ ތަފްސީލް:

ޕެކޭޖް އަގު: 6,500 ރުފިޔާ (އާސަންދައަށް ފަހު)

HajjCop_ads
MMA_Ads
Advertisement

އާސަންދަ ކަވަރެޖް: 1,000 ރުފިޔާ

ދައްކަންޖެހޭ އަދަދު: 5,500 ރުފިޔާ

ރަޖިސްޓްރީ ކުރުމުގެ މުއްދަތު: 16 ޖުލައި 2026 ގެ ނިޔަލަށް

ކޮންސަލްޓޭޝަން އަދި ޕްރޮސީޖަރ ތާރީޚްތައް: 12 ޖުލައި 2026 އިން 1 އޮގަސްޓް 2026 އަށް

ހިތާނީ ޕެކޭޖްގައި ހިމެނެނީ:

  • ޔޫރޮލޮޖިސްޓް އަދި އެނެސްތީސިއޮލޮޖިސްޓުންގެ އޮޕަރޭޝަނުގެ ކުރީގެ ކޮންސަލްޓޭޝަން
  • ޕްރޮސީޖާއާއި ގުޅޭ އާންމު ލެބޯޓަރީ ޓެސްޓްތައް
  • ލޯކަލް ނުވަތަ ޖެނެރަލް އެނެސްތީސިއާގެ ދަށުން ހިތާނުކުރުން
  • އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ތަކެއްޗާއި ބޭސް
  • އޮޕަރޭޝަނަށްފަހު ޑޭކެއާގައި މޮނިޓަރ ކުރުން
  • ފޮލޯއަޕް ކޮންސަލްޓޭޝަން
  • އޮޕަރޭޝަނަށްފަހު ލުއި ކެއުން
  • ޚާއްޞަ އަގެއްގައި ޕްރައިވެޓް ރޫމަށް އަޕްގްރޭޑް ކުރުމުގެ ފުރުޞަތު

މި ކޭމްޕުގައި ޚިދުމަތް ދެއްވުމަށް ހަމަޖެހިފައިވަނީ އޮޕަރޭޝަނަށް ފަރުވާއަށް ޚާއްޞަވެފައިވާ ޑޮކްޓަރުންނާއި، ކުޑަކަމުދާ ނިޒާމުގެ ޚާއްޞަ ޑޮކްޓަރުން ހިމެނޭ ގޮތަށް ތަޖުރިބާކާރު މެޑިކަލް ޓީމެކެވެ. މި ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނަކީ ޑރ. މޫމިން، ޑރ. އުކްތަމް، ޑރ. ހުސެއިން، ޑރ. ޝަރީފް، ޑރ. އޯޑަރ އަދި ޑރ. އުބައިދެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފައިވަނީ، އެންމެ މަތީ ފެންވަރުގެ ފަރުވާ ކަށަވަރުކުރުމަށްޓަކައި، އޮޕަރޭޝަންތައް ހިންގާނީ ކުދިންނަށް ހިތްހަމަޖެހޭނެ ގޮތަށް ޚާއްސަކޮށްފައިވާ މާހައުލެއްގައި ކަމަށާއި، މި ކޭމްޕަކީ ބެލެނިވެރިންނަށް އިތުބާރު ކުރެވޭނެ އަދި ކުދިންނަށް ފަސޭހަ ތަޖުރިބާއެއް ލިބިގެންދާނެ ޕްރޮގްރާމެއް ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ފަރުވާތަކުގެ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް  3351610އަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެހޮސްޕިޓަލުން އެދެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓްރީ ޓޮޕް ހޮސްޕިޓަލުން ލާމު އަތޮޅުގައި ކުރިއަށްގެންދިޔަ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕް ނިންމާލައިފި

tree top

ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރެއްދޫ ރިސޯޓުގައި ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

މ. މުލީގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚާއްސަ ހެލްތް ކޭމްޕް ބާއްވަނީ

ހައްޖުވެރިން އެނބުރި އައުމަށްފަހު މަދުވެގެން ދެ ހަފުތާ ވަންދެން ބޮޑެތި އެއްވުންތައް ބޭއްވުމުން ދުރުހެލިވާންޖެހޭ: ޑރ. އިޔާޒު