ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ސަރުކާރުން ކުރިއަށްގެންދާނަން: ރައީސް

463591 301701e2 4
Maldivian_Ads
STO_Ads
TTH_Ads
Advertisement

ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ދިފާޢީ ޚިދުމަތްތައް ހަރުދަނާކޮށް ވަރުގަދަކުރުމަކީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި ސަރުކާރުން ފުރިހަމަކޮށްދެއްވާނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އަދި ފުލުހުންގެ މުއައްސަސާ ތަރައްޤީކުރުމަށްޓަކައި ޤާނޫނީ ގޮތުންނާއި އުމްރާނީ ގޮތުން ގެންނަންޖެހޭ ހުރިހާ ބަދަލުތަކެއް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހުރި ހުރަސްތައް ނައްތާލުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ކޮންމެ ބަދަލެއް ގެނައުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެއެވެ. މީގެ އިތުރުން މާލޭ ސަރަޙައްދުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭނެ އިތުރު މަރުކަޒަކާއި ޒަމާނީ ފެންވަރުގެ މައި މަރުކަޒެއް ބިނާކުރުމާއި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޮޑު އިމާރާތެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ދާލު ވާނީގައި ހިންގާ ތަމްރީނު މަރުކަޒަކީ އެންމެ ޒަމާނީ ފެންވަރުގެ ތަނަކަށް ބަދަލުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފުލުހުންނާއި އެބޭފުޅުންގެ ޢާއިލާތަކުން ވެވަޑައިގަންނަވާ ޤުރުބާނީގެ އަގުވަޒަންކުރައްވައި، ކުރިއަށް އޮތް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ފުލުހުންނަށް ޚާއްޞަ ކޯޓާއެއް ކަނޑައަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވިއެވެ. އަދި ފުލުހުންގެ ޢަދަދު އިތުރުކުރުމަށް ބޭނުންވާ ބަޖެޓު ހަމަޖައްސަވައިދެއްވާނެ ކަމަށާއި، ފުލުހުންގެ ޚިދުމަތަކީ މުޖުތަމަޢުގެ އަމަންއަމާންކަން ދެމެހެއްޓުމަށް ކުރެވޭ ވަރަށް މުހިންމު ޤައުމީ މަސައްކަތެއްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

HajjCop_ads
Advertisement

ޒުވާނުންގެ މަރުކަޒުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ފުލުހުންނަށް ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި މެޑަލް އަދި ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދައުލަތުގެ އިސްވެރިންނާއި، ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މަންދޫބުން ބައިވެރިވެވަޑައިގަތެވެ. ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރިފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police 12 Sept

ރަސްމީ ފާލަން ހިމެނޭ ސަރަހައްދުން އުޅަނދުތައް ނަގަން އަންގައިފި

ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1އިން ދެ މީހުން ހައްޔަރުކޮށްފި

ކޮލެޖު އޮފް ޕޮލިސިންގެ 2 ކޯހަކުން 54 ފުލުހުން ދަސްވެނިވެއްޖެ

ސައިބަރ ޑްރިލްއާއި، ސައިބަރ ކްރައިސިސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފި