ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފައިނޭންޝަލް އެކްސްޕޯ: މާލީ ދާއިރާގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު

mma
STO_Ads
TTH_Ads
Advertisement

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އިންތިޒާމުކުރާ “މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026” އޮންނާނީ އަންނަ މަހުއެވެ. މި ހަރަކާތަކީ މާލީ ދާއިރާގައި ހުރި ފުރުސަތުތަކާއި، އަލަށް ތައާރަފުކުރާ ޚިދުމަތްތަކާ ގުޅޭ މައުލޫމާތު ހޯދައި، މާލީ ގޮތުން ހަރުދަނާ ނިންމުންތައް ނިންމުމަށް ބޭނުންވާ އަމަލީ އިރުޝާދު ހޯދުމަށް ލިބޭ އަގުހުރި ފުރުސަތެއްކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އޮންނާނީ އަންނަ މަހުގެ 2 އިން 4 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 10:00 އަށް ކުރިއަށްދާ މި ހަރަކާތަށް ވަނުމުގެ ފުރުސަތު އާންމުންނަށް ހިލޭ ހުޅުވާލެވިފައިވެއެވެ.

އެމްއެމްއޭއިން ވިދާޅުވީ މި އެކްސްޕޯގެ ތެރެއިން އާދައިގެ ސޭވިންގް އެކައުންޓެއް ހުޅުވުމުން ފެށިގެން، ލޯނަކަށް އެދުމާއި، އިންޝުއަރެންސް ނެގުމާއި އަދި މުސްތަގުބަލަށްޓަކައި މާލީ ކަންކަން ރޭވުން ފަދަ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ލިބޭނެ ކަމަށެވެ. އަދި އެމީހެއްގެ ބޭނުންތަކަށް އެންމެ އެކަށީގެންވަނީ ކޮން ޚިދުމަތެއްކަން ދެނެގަތުމަށްވެސް އެހީތެރިވެދޭނެއެވެ.

HajjCop_ads
Advertisement

ވަކިވަކި ބޭންކުތަކަށް ނުވަތަ މާލީ އިދާރާތަކަށް ދިއުމުގެ ބަދަލުގައި، އެއް ފުރާޅެއްގެ ދަށުން ގިނަ އަދަދެއްގެ މާލީ އުފެއްދުންތަކާއި ޚިދުމަތްތައް އަޅާކިޔާލުމުގެ ފުރުސަތު މި އެކްސްޕޯއިން ލިބިގެންދާނެކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ. ވިޔަފާރި ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ފައިނޭންސިންގް އިދާރާތަކާއި، ކަމާބެހޭ ރެގިއުލޭޓަރީ އިދާރާތަކާއި މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުން މި އެކްސްޕޯގައި ބައިވެރިވެއެވެ.

މި އެކްސްޕޯއަކީ ވިޔަފާރިވެރިންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް މުހިންމު ހަރަކާތެއްކަން އެމްއެމްއޭއިން ފާހަގަކުރެއެވެ. މާލީ އެހީތެރިކަން ހޯދޭނެ ގޮތްތައް ބަލައި، ފައިސާ ދޫކުރާ ފަރާތްތަކާ ސީދާ މަޝްވަރާކޮށް، ރަސްމީ މާލީ ނިޒާމުގެ ތެރެއިން ވިޔަފާރިތަކަށް ލިބެން ހުރި އެހީތެރިކަން ދެނެގަނެވޭނެއެވެ.

އެކްސްޕޯގެ ތެރެއިން އާއިލާތަކާއި ކުޑަކުދިންނަށް ޚާއްސަ ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. އަދި މި ދާއިރާގެ މާހިރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ޚާއްޞަކޮށްގެން، ރާއްޖޭގެ މާލީ ދާއިރާގެ މުސްތަގުބަލާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ޕެނަލް ޑިސްކަޝަންތައް ޖުލައި 2 އަދި 4 ގައި ކުރިއަށްދާނެކަމަށްވެސް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mma

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ލިބުނު އާމްދަނީގެ ތެރެއިން 2 ބިލިއަނެއްހާ ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް ނުވަދޭ

MMA

ޑޮލަރުން ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށް އިސްލާހެއް

MMA

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްއެމްއޭ އިން 51 ޕަސަންޓު އިތުރުކޮށްފި

Mira

ޖުލައި މަހުގެ އާމްދަނީގެ ގޮތުގައި މީރާއަށް 3.4 ބިލިއަން ރުފިޔާ