ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޭޝަނަލް ޔުނިވަރސިޓީން ޞިއްޙީ ދާއިރާގެ އައު ކޯސްތަކެއް ތަޢާރަފްކޮށްފި

TTH_Ads
STO_Ads
Advertisement

ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގައި ފަންނީ މީހުން މަދުވެފައިވާ ތިން ދާއިރާއަކަށް ހާއްސަކޮށްގެން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން މުޅިން އައު ތިން ޑިގްރީ ކޯހެއް ތައާރަފުކޮށްފިއެވެ.

މި ކޯސްތައް އިފުތިތާހުކުރުމަށް އިއްޔެ މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒާއި، ފެކަލްޓީ އޮފް ހެލްތު އެންޑް ސައިންސަސްގެ ޑީން ޑރ. އާއިޝަތު ޝަރޫނާގެ އިތުރުން ޔުނިވަރސިޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއެންޔޫއިން އަލަށް ތަޢާރަފުކުރި ތިން ކޯހަކީ:

HajjCop_ads
Advertisement

  • 1. ބެޗްލާސް އޮފް ސައިންސް އިން ޕެރަމެޑިކްސް
  • 2. ބެޗްލާސް އޮފް ސައިންސް އިން ސްޕީޗް ލެންގުއޭޖް ޕަރތޮލޮޖީ އޮނާރސް
  • 3. ބެޗްލާސް އިން އޮކިއުޕޭޝަނަލް ތެރަޕީ

ޕެރަމެޑިކް ސައިންސް ކޯހަކީ ތިން އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ ކޯހެކެވެ. މި ކޯހުގައި މައިގަނޑު ގޮތެއްގައި ދަސްކޮށްދޭނީ ބަލިމީހުން ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ދޭންޖެހޭ އަވަސް ފަރުވާތަކެވެ.

ސްޕީޗް ލެންގުއޭޖް ޕެތޮލޮޖީ އަދި އޮކިއުޕޭޝަނަލް ތެރަޕީ ކޯހަކީ ހަތަރު އަހަރުގެ ކޯސްތަކެކެވެ. އޮކިއުޕޭޝަނަލް ތެރަޕީ ކޯހުގައި ހުރިހާ އުމުރެއްގެ މީހުންނަށްވެސް ދިރިއުޅުމުގެ އާންމު ކަންކަމުގައި ބައިވެރިވުމަށް އެހީތެރިވެދޭނެ ގޮތްތައް ދަސްކޮށްދޭނެއެވެ.

މި ތިން ކޯހަކީވެސް އެލައިޑް ހެލްތު ކައުންސިލުން އެކްރެޑިޓް ކޮށްފައިވާ، ފުލްޓައިމްކޮށް ހާޒިރުވެގެން ކިޔަވައިދޭ ކޯސްތަކެކެވެ.

މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ޝައުޤުވެރިވާ ފަރާތްތަކުން އެމްއެންޔޫގެ އެޑްމިޝަން ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރެވޭނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ކޯހެއް ހިންގުމަށް އެމް.ޕީ.އެލް އާއި އެމް.އެން.ޔޫއާ ދެމެދު ފަހުމުނާމާއެއް

“ވިމެން އިން މެރިޓައިމް” ހޭލުންތެރިކަން އިތުރުކުރުމާއި ޚާއްސަ ތަމްރީނު ސެޝަން ކުރިއަށް ގެންގޮސްފި

391688 F198b465 8

ވަށާޖެހޭ، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ސިނާޢަތެއް ޤާއިމްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފި