ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްޤީކުރެވޭނީ %45 ހިއްސާ އޮވެގެންކަމަށް ކަނޑައަޅައިފި

Large 159543045152XkrQ
STO_Ads
TTH_Ads
Advertisement

ދައުލަތުގެ ކުންފުންޏަކަށް ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދެވޭނީ ސަރުކާރުގެ މަދުވެގެން %45 ހިއްސާ އޮންނަ ކުންފުންޏަކަށްކަމަށް ސަރުކާރުން ކަނޑައަޅައިފިއެވެ. މިގޮތަށް ކަނޑައެޅީ ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓެއް ތަރައްޤީކޮށް ހިންގުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދައުލަތުގެ ކުންފުނިތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭ ގަވާއިދުގައެވެ.

މިއީ ދައުލަތުގެ ކުންފުނިތަކުން ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގުމަށް، ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމުގައި ބެލެވޭނެ ޝަރުތުތަކާއި، ކުއްޔަށް ދެވޭނެ ހާލަތްތަކާއި، ކުއްޔަށް ދިނުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރުމާއި އެ ތަންތަން ވަކިކުރުމާއި އަދި އެހެނިހެން ކަންތައްތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ.

މި ޤަވާއިދުގެ ދަށުން މިފަދަ ތަންތަން ކުއްޔަށް ދެވޭނީ ވަޒީރުންގެ މަޖިލީހުން ނިންމައި، އެފަދައިން ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅު އަދި އެ ތަނެއް ދޫކުރާނެ ދައުލަތުގެ ކުންފުނި، ވަޒީރުންގެ މަޖިލީހުން ފާސްކޮށްގެންނެވެ. އަދި ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުމަށް ކަނޑައަޅާ ދައުލަތުގެ ކުންފުންޏަކީ، އެ ތަނުގައި ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމުގެ މާލީ ޤާބިލުކަމާއި ފަންނީ ޤާބިލުކަން ހުރި ކުންފުންޏެއް ކަމުގައިވާންޖެހެއެވެ. ކުއްޔަށް ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްދޭ ދައުލަތުގެ ކުންފުންޏެއްގައި ސަރުކާރުގެ މަދުވެގެން %45 ހިއްސާ އޮންނަން ޖެހޭކަމަށް ގަވާއިދުގައިވެއެވެ. އަދި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ކަނޑައަޅާ މިންވަރަށް ލީސް އިކުއިޒިޝަން ދަންކަންޖެހޭނެއެވެ. މީގެ އިތުރުން ސީއެސްއާރް ފައިދާ ދެއްކުން ނުވަތަ ވުޒާރާއިން ކަނޑައަޅާ ތަރައްޤީގެ މަޝްރޫޢުއަކަށް ޚަރަދުކޮށްފައިވުން ނުވަތަ ޚަރަދުކުރަން އެއްބަސްވެފައިވުމާއެކު ޚަރަދުކުރާނެ ގޮތުގެ ޕްލޭނެެއް އެ ވުޒާރާއަށް ހުށަހަޅަންވެސް ޖެހެއެވެ.

HajjCop_ads
Advertisement

މި ގަވާއިދުގައި ވަނީ މިފަދަ ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރަންވީ ގޮތްވެސް ހިމަނާފައެވެ. އޭގެ ތެރޭގައި އެފަދަ ތަންތަން ކުއްޔަށް ދިނުމުގެ ކުރިން އެތަނަކީ ފަތުރުވެރިކަމުގެ ބޭނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ތަނަކަށް ވާންޖެހެއެވެ. އަދި ކުއްޔަށް ދިނުމަށްފަހު ކުލީގެ އެއްބަސްވުމުގައި ސޮއިކުރާތާ 14 ދުވަހުގެ ތެރޭގައި އެކަމުގެ ތަފްސީލް އޮޑިޓަރ ޖެނަރަލްގެ އޮފީހަށާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާއާ ހިއްސާކުރަންޖެހެއެވެ.

ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށްދޭން ނިންމާ ހާލަތުގައި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ގެ ގޮތުގައި ފަސްލައްކަ ޑޮލަރު ޓޫރިޒަމް ޓްރަސްޓް ފަންޑަށް ޖަމާކުރުން ނުވަތަ އެ އަދަދަށް ކަނޑައަޅާ ބާވަތްތަކުގެ މަޝްރޫޢަކަށް ޚަރަދުކުރުމަށް ޝަރުތުކުރެވިދާނެއެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި އިޖުތިމާޢީ މަރުކަޒުތައް ބިނާކުރުމާއި، އިންސާނީ ވަސީލަތްތައް ބިނާކުރުމުގެ ޕްރޮޖެކްޓްތަކާއި، ޓާރފް ދަނޑުތަކާއި ފުޓްބޯޅަ ދަނޑުތައް ހެދުންފަދަ މަޝްރޫޢުތައް ހިމެނެއެވެ.

މި މަޝްރޫޢުތަކުގެ އިތުރުންވެސް، ސަރުކާރުގެ ޚާއްޞަ ސިޔާސަތެއް ތަންފީޒުކުރުމަށް ޓަކައި ސަރުކާރުން ކަނޑައަޅައިފައިވާ ޚާއްޞަ މަޝްރޫޢަކަށް ޚަރަދުކުރުމަށް ޝަރުތުކުރުމަށް ހުރަހެއް ނާޅައެވެ. ގަވާއިދުގައި ވަނީ މީހުން ދިރިއުޅޭ ރަށްރަށުގެ އިޚްތިޞާޞްގެ ތެރޭގައިވާ ސަރަޙައްދެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ސަރުކާރު ކުންފުނިތަކުން ތަރައްޤީކުރެވޭނެ ގޮތްތައްވެސް ކަނޑައަޅާފައެވެ.

މި ގަވާއިދުގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށުގައި ދައުލަތުގެ ކުންފުންޏަކުން ގެސްޓްހައުސްއެއް ނުވަތަ ހޮޓަލެއް ތަރައްޤީކުރާ ހާލަތުގައި އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު، ފަތުރުވެރިކަމުގެ ބޭނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންޖެހެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Foreign ministry

އިނގިރޭސިވިލާތުގެ ވިސާ މާލޭގައި ތިބެގެން ނެގޭނެ ވަގުތީ އިންތިޒާމެއް ހަމަޖައްސައިފި

Large thumb

އެއާ ކާގޯ ޗައިނާ 2026 ގައި އެމްއޭސީއެލް އިން ބައިވެރިވެއްޖެ

Large thumb

އުފެއްދުންތެރި މައުރަޒުގައި ބައިވެރިވުމަށް 350 ފަރާތަކުން ހުށަހަޅައިފި

Large thumb

ދިއްދޫގައި އިމާރާތްކުރާ 75 ފްލެޓްގެ 98 އިންސައްތަ މަސައްކަތް ނިމިއްޖެ