ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލޭ ހަދިޔާކުރާ މީހުންގެ ޑިޖިޓަލް ދަފުތަރެއް މިއަހަރު ތައާރަފުކުރަނީ

462489 f626de2a 5
STO_Ads
TTH_Ads
Advertisement

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މިއަހަރުގެ ތެރޭގައި ލޭ ހަދިޔާކުރާ މީހުންގެ ޑިޖިޓަލް ދަފުތަރެއް ތައާރަފުކުރުމަށް ނިންމައިފިއެވެ.

ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، އަލަށް ތައާރަފުކުރެވޭ ޑިޖިޓަލް ދަފުތަރުގެ ސަބަބުން ލޭ ހޯދުމަށް ބޭނުންވާ މީހުންނަށާއި ލޭ ހަދިޔާކުރަން ބޭނުންވާ މީހުންނަށް ވަރަށް ބޮޑަށް ލުއިފަސޭހަވެގެންދާނެ ކަމަށެވެ. އަދި ތެލަސީމިއާ ބަލި ހުންނަ މީހުންނަކީ ގަވާއިދުން ލޭ އަޅަންޖެހޭ ބަޔަކަށްވާތީ، އިތުބާރު ހުރި ނިޒާމެއް ގާއިމުވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ތެލަސީމިއާ ބަލިމީހުންނަށް ދޭ ފަރުވާ ފުރިހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.

މި ސަރުކާރު އައި ފަހުން ތެލަސީމިއާ ބަލި ހުންނަ މީހުންނަށް ލުއިފަސޭހަކަން ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ސީއީއޯ ވިދާޅުވިއެވެ. މިގޮތުން، ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ މީހުންގެ ރަޖިސްޓަރީ ވަންގަވް ޕޯޓަލް މެދުވެރިކޮށް ބެލެހެއްޓޭނެ ނިޒާމު މިހާރު ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން، މިއަހަރުގެ ފެބްރުވަރީ މަހު ޑީއެންއޭ ލެބޯޓަރީގެ ޚިދުމަތް ފަށައި، ހުކުރު ދުވަހުވެސް އެ ތަނުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ހުކުރު ދުވަހު ލޭ އެޅުމުގެ ޚިދުމަތް ދޭން ފެށުމަކީ ތެލަސީމިއާ ސެންޓަރުން ޚިދުމަތުގައި ހޭދަކުރި 35 އަހަރުގެ ދިގު ތާރީޚުގައި ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް ސީއީއޯ ސިފަކުރެއްވިއެވެ.

HajjCop_ads
MMA_Ads
Advertisement

ފާއިތުވި 2025 ވަނަ އަހަރުގެ ޖުލައި މަހު އެންޑޯކްރައިނޮލޮޖީގެ ޚިދުމަތް ފަށާފައިވާއިރު، އެ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ހިމޭޓޮލޮޖީގެ ޚިދުމަތާއި، އެޗްއެލްއޭ ޓައިޕިންގ އަދި ބޯން މެރޯއާ ގުޅޭ ޓެސްޓުތަކުގެ ޚިދުމަތް ވިޒިޓިންގ ކޮންސަލްޓެންޓުންގެ އެހީތެރިކަމާއެކު ދަނީ ފޯރުކޮށްދެމުންނެވެ. މިއަހަރުގެ މިހާތަނަށް ތެލަސީމިއާ ބަލި ތަހައްމަލުކުރާ ހަތަރު ކުދިން އުފަންވެފައިވާކަން ފާހަގަކުރައްވައި، މިކަމާ މެދު އާންމުން ހޭލުންތެރިކޮށް ކައުންސެލިންގގެ ޚިދުމަތްތައް ހަރުދަނާކުރުމަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މައިގަނޑު އެއް އަމާޒުކަމަށް ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

H6txovzbmjojwefnjhdb

މި އަހަރުގެ ތެރޭގައި ލޭ ހަދިޔާކުރާ ފަރާތްތަކަށް ޚާއްޞަ ރެޖިސްޓްރީއެއް ތަޢާރަފުކުރާނަން: ހަލީމް