ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޑިއާއިން ރާއްޖެއަށް 20،000 ޑޯސްގެ މީސްލްސް ވެކްސިން ހަދިޔާކޮށްފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިއްސާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން ރާއްޖެއަށް މީސްލްސް ރުބެއްލާ ވެކްސިންގެ 20,000 ޑޯސްއާއި ގިނަ އަދަދެއްގެ ސިއްހީ އާލާތްތައް ހަދިޔާކޮށްފިއެވެ.

އެ އެހީ ހަވާލުކުރުމަށް ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އިންޑިއާ ސަރުކާރުގެ ފަރާތުން އެ ތަކެތި ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖ. ބަލަސުބްރަމަނިއަމްއެވެ. ރާއްޖޭގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގީލާ ވިދާޅުވީ، މިއީ ރާއްޖޭގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް މުހިންމު އެހީއެއް ކަމަށެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އެ ވެކްސިންގެ ސަބަބުން ބަލި ފެތުރުން ހުއްޓުވުމަށް މަގުފަހިވާނެއެވެ. އަދި ހަދިޔާކުރި ލެބޯޓްރީ ސާމާނާއި، ޕީޕީއީ ކިޓްތަކުގެ ސަބަބުން ބަލިތައް ދެނެގަތުމާއި، އިސްސަފުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ.

HajjCop_ads
Advertisement

ގީލާ ވިދާޅުވީ، ރާއްޖެއަށް އެހީތެރިކަން ބޭނުންވި ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އިންޑިއާ ސަފީރު ޖ. ބަލަސުބްރަމަނިއަމް ވިދާޅުވީ، ކޮންމެ ކާރިސާއެއްގައިވެސް ރާއްޖެއަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމަކަށް އިންޑިއާ ވާނެ ކަމަށެވެ. އެގޮތުން ސުނާމީ ކާރިސާއާއި ކޮވިޑް-19ގެ ތެރޭގައިވެސް އިންޑިއާއިން ވެދިން އެހީތެރިކަން ސަފީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރާއްޖެއަށް ބޭނުންވާ އިތުރު ސިއްހީ ސާމާނުތައްވެސް ކުރިއަށް އޮތްތަނުގައި ލިބޭނެކަމަށް ސަފީރު ވިދާޅުވިއެވެ.

އިންޑިއާގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި އެ ތަކެތީގެ ތެރޭގައި 20,000 ޑޯސްގެ ވެކްސިންގެ އިތުރުން ތިން ޓަނުގެ ސިއްހީ އާލާތްތައް ހިމެނެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އިންޑިއާއާއެކު މަޝްވަރާކޮށްފި

Saeed

އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމުކުރާ ކަމަށް ފަތުރާ ޚަބަރު ފޮރިން މިނިސްޓްރީން ދޮގުކޮށްފި

Ew

ތިލަމާލެ ބުރިޖު މަޝްރޫއުގެ ސްޕީޑާމެދު އިންޑިއާއިންވެސް ހިތްހަމަނުޖެހޭ ކަމަށް ސަފީރު ވިދާޅުވެއްޖެ

Big kFL03BBZTD9jpNxqDIgnyKnvO

ރާއްޖެއާއި އިންޑިއާއަކީ ޒަމާންވީ ރަޙުމަތްތެރިކަން ދަމަހައްޓަމުންދާ ދެ ޤައުމު: ނައިބު ރައީސް