ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޑިއާގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި މޯދީ އަށް ރައީސްގެ މަރުހަބާ

india
TTH_Ads
STO_Ads
Advertisement

އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހުރޫގެ ރެކޯޑު މުގުރާލައްވައި، މެދުކެނޑުމެއްނެތި އިންޑިއާގެ ބޮޑުވަޒީރުކަން އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅާގެ މަގާމު ނަރެންދުރަ މޯދީ ހޯއްދެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް “އެކްސް”ގައި ކުރެއްވި ޕޯސްޓުގައި ވަނީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމުގައި މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވި ލީޑަރުގެ ޝަރަފު ހޯއްދެވުމުން ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަރުހަބާ ވިދާޅުވެފައެވެ.

ރައީސްވަނީ ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ އިހުތިރާމާއި، އިސްތިގުލާލީ ހަމަހަމަކަމުގެ އިތުރުން ރާއްޖެއާއި އިންޑިއާއާ ދެ ގައުމުގެ ލާބައާއި މަންފާއަށް ބިނާކޮށް، އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް އިސްކަންދޭނެކަމަށް ވިދާޅުވެފައެވެ.

HajjCop_ads
MMA_Ads
Advertisement

އިންޑިއާގެ ނޫސްތަކުން ބުނެފައިވާގޮތުން މޯދީ ވަނީ ވިދިވިދިގެން 4،399 ދުވަހު ބޮޑުވަޒީރުކަމުގެ މަގާމު ފުރުއްވާފައެވެ. މީގެ ކުރިން މި ރެކޯޑު އޮތީ 1952 އިން 1964 އަށް، 4،398 ދުވަހު އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމު ފުރުއްވި ޖަވާހަރްލާލް ނެހުރޫގެ އަތްޕުޅުގައެވެ.

ބޮޑުވަޒީރު މޯދީ އެ މަގާމާ ހަވާލުވެވަޑައިގަތީ މީގެ 12 އަހަރު ކުރިން 26 މެއި 2014 ގައެވެ. މޯދީ ވަނީ 2019 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުކުރައްވައި ދެވަނަ ދައުރެއް، އަދި 9 ޖޫން 2024 ގައި ތިންވަނަ ދައުރެއް ފައްޓަވާފައެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

އިންޑިއާއިން ހަދިޔާކުރި ހިމަބިއްސާއި ރުބެއްލާ ވެކްސިނާއި ސިއްހީ ސާމާނު މާލެ ގެނެސްފި

އިންޑިއާއިން ރާއްޖެއަށް 20،000 ޑޯސްގެ މީސްލްސް ވެކްސިން ހަދިޔާކޮށްފި

India Ambassador

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން ދެމިއޮންނާނެ: ބާލަސުބްރަމާނިއަން

ރާއްޖެއާއި އިންޑިއާއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރުން ފާހަގަކުރަން ސެމިނާއެއް