ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއަށް މޫސުން ރަނގަޅުވާން ފަށާނީ ހޮނިހިރު ދުވަހުން ފެށިގެން

TTH_Ads
STO_Ads
Advertisement

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވާން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް 3 ދުވަހުވެސް އުތުރާއި މެދުރާއްޖެތެރެއަށް ވައިގަދަވާނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެއެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ވައިޖެހޭނެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 އާއި 20 މޭލާ ދެމެދު، އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 އާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެއެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. ރާޅުގެ އުސްމިން އުތުރާއި މެދުރާއްޖެތެރޭގައި 4 އާއި 7 ފޫޓާ ދެމެދު، އަދި ދެކުނުގައި 3 އާއި 6 ފޫޓާ ދެމެދު ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

HajjCop_ads
Advertisement

މޫސުން ގޯސްވުމާ ގުޅިގެން ހުރިހާ ފަރާތްތަކުން، ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Metoffice

ބިންހެލުމާ ގުޅޭގޮތުން ފަތުރަނީ ދޮގު މެސެޖެއް: މެޓް އޮފީސް

moosun

އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަށް ކަނޑުތައް ގަދަވާނެ، ސަމާލުވޭ!

moosun

ހއ.އިން އދ.އާ ހަމައަށް ހުދު ސަމާލު ނެރެފި

moosun

މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި