ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލީހަކުން ނުނެގޭނެ، އެ ފުރުސަތެއް ނުދޭނަން: އަބްދުއްރަޙީމް

Majlis
MAJLIS
Maldivian_Ads
STO_Ads
TTH_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނުނެގޭނެ ކަމަށާއި، އެފަދަ އެއްވެސް ފުރުސަތެއް އިދިކޮޅު ފަރާތްތަކަށް ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަޙީމް މިފަދައިން ވިދާޅުވީ، އައްޑޫ ސިޓީގައި ރޭ ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދުގެ ކެމްޕޭން އިފްތިތާޙްކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި އަހަރު ނިމުމުގެ ކުރިން ރައީސް މުޢިއްޒުގެ ވެރިކަން ބަދަލުކުރާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދާދި ފަހުން ވިދާޅުވެފައިވާ ވާހަކަފުޅަށް ރައްދު ދެއްވަމުން އަބްދުއްރަޙީމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން “ނަނާ ހުވަފެން” ނުދެއްކުމަށެވެ. އަދި މަޖިލީހުގެ ތެރެއިން ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

HajjCop_ads
Advertisement

“ރައްޔިތުން ހައްލަން، ރައްޔިތުން ވާވައްދަން، ރައްޔިތުންނަށް އަވާމެންދުރު ދައްކަން ބޭނުންހާ ވާހަކައެއް ދައްކައިގެން ހޯދޭނެ ކާމިޔާބެއް ނޯންނާނެ. ރައްޔިތުން ތިބީ ޑރ. މުޢިއްޒާ އެކީގަ،” އަބްދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން، ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ޙައްޤުވަނީ ސަރުކާރު ހިންގާ ޕީއެންސީއަށް ކަމަށް ވިދާޅުވެ، އަބްދުއްރަޙީމް ވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އައްޑޫގެ މުހިއްމު ލިޔެކިޔުންތަކުގައި ހުޅުޖެހި ބައެއްގެ ކެންޑިޑޭޓަކު މަޖިލީހަށް ހޮވަން އައްޑޫ ރައްޔިތުން ބޭނުންނުވާނެ ކަމަށެވެ.

އަބްދުއްރަޙީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އައްޑޫ ސިޓީއަށް ބޭނުންވާ ހަގީގީ ތަރައްޤީ ގެނެސްދެވޭނީ ހަމައެކަނި ރައީސް މުޢިއްޒުގެ ސަރުކާރަށެވެ. އަދި މި ދާއިރާގެ ގޮނޑި މީގެ ކުރިން ފުރުއްވި މުޙައްމަދު ސިނާން (ސިނާ) އާއެކު ޕީއެންސީން މި އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. މި އިންތިޚާބަކީ ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށްވެސް ސިޔާސީ ގޮތުން ވަރަށް މުހިއްމު އިންތިޚާބެކެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Heena

ޕީއެންސީގެ މަތީ މަޖިލީހުގައި 13،000 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވާނެ: ހީނާ

PNC

އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ ޕީއެންސީ 70،000އަށް އަރައިފި

BeFunky collage (1)

ޕީއެންސީގެ ނައިބު ރައީސްގެ މަޤާމަށް ސަޢީދާއި ޝުޖާޢު ވާދަކުރައްވަނީ

police

ޕީއެންސީގެ އިންތިޚާބު ކުރިއަށްދަނިކޮށް ބަޔަކު މާރާމާރީ ހިންގި މައްސަލަ ބަލަނީ