ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް މިނިސްޓަރ ޙަސަން ރަޝީދު، އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ނިކް ލޯ ގެ އިޙުތިރާމުގެ ޒިޔާރަތެއް ބަލައިގެންފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމާއި ދިފާޢީ ރޮނގުން އެއްބާރުލުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ދިފާޢީ ޤާބިލުކަން ތަރައްޤީކުރުމުގައި އިނގިރޭސިވިލާތުން ފޯރުކޮށްދެއްވާ އަގުހުރި އެހީތެރިކަން ފާހަގަކުރައްވައި، މިނިސްޓަރ ވަނީ ހައި ކޮމިޝަނަރަށް ޝުކުރު އަދާކުރައްވާފައެވެ.








ކިޔުންތެރިންގެ ހިޔާލު