ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ތައްޔާރު” މަޝްރޫޢުގެ ދަށުން ފޯރުކޮށްދީފައިވާ ތިން އިލެކްޓްރިކް އުޅަނދު ހަވާލުކޮށްފި

TTH_Ads
MPL_Ads
STO_Ads
Advertisement

ޗައިނާ ސަރުކާރާއި ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ “ތައްޔާރު” މަޝްރޫޢުގެ ދަށުން ފޯރުކޮށްދީފައިވާ ތިން އިލެކްޓްރިކް އުޅަނދު ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (އެމް.އެމް.އެސް) ގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އިތުރުން، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ވަންގް ލީޒިން އަދި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ އިސް މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމުގެ ގޮތުން ބައިނަލްއަޤުވާމީ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މިއަދު ހަވާލުކުރެވުނު އިލެކްޓްރިކް އުޅަނދުތަކުގެ ސަބަބުން އެމް.އެމް.އެސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ޚިދުމަތް ދިނުމަށް މަގުފަހިވެގެންދާނެއެވެ.

HajjCop_ads
MPL_Ads
Advertisement

“ތައްޔާރު” މަޝްރޫޢަކީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، މޫސުމީ މައުލޫމާތު ހޯދައި ފެތުރުމުގެ ނިޒާމު ވަރުގަދަކުރުމަށް އަމާޒުކޮށްގެން ހިންގޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން މީގެ ކުރިންވެސް ތަފާތު އެކި ވަސީލަތްތައް ރާއްޖޭގެ ކަމާބެހޭ އިދާރާތަކަށް ވަނީ ފޯރުކޮށްދީފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޗައިނާ ސަރުކާރުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި

ޗައިނާ ސަފީރު، މަޖިލީހުގެ ނާއިބު ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

މާލޭގެ މަގުތަކުގެ ޑިޒައިން މަސައްކަތް ފެށުމަށް ޗައިނާގެ ޓީމެއް ރާއްޖެ އަތުވެއްޖެ

ޗައިނާގެ ބޯޓުދެލި މައިނެއްގައި ހިނގި ހިތާމަވެރި ގޮވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ