ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަތޮޅު ކައުންސިލްތައް އުވުމުން ކޮންމެ އަތޮޅަކަށް އެލްޖީއޭގެ އަތޮޅު އޮފީހެއް ގާއިމުކުރަނީ

LGA
Maldivian_Ads
STO_Ads
TTH_Ads
Advertisement

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އަތޮޅު ކައުންސިލްތައް އުވާލާފައިވާތީ ކޮންމެ އަތޮޅަކަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އަތޮޅު އޮފީހެއް ހަދަން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އާއިޝަތު އިކުރާމް ސޮއިކުރައްވައި އެލްޖީއޭއަށް ފޮނުއްވި ސިޓީއެއް މިހާރުވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

އެ ސިޓީގައިވަނީ ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ހިދުމަތްތައް އިދާރީ ދާއިރާތަކުގައި ދިނުމަށް ގާއިމުކުރާ އޮފީސްތަކަކީ ސަރުކާރުގެ ވަކި އިދާރާއެއްގެ ގޮތުގައި ގާއިމުކުރާ ތަންތަނަށް ނުވާތީ، އެ ތަންތަނަށް ތަފާތު ވަކި ނަމެއް ހަމަޖެއްސުމުގެ ބަދަލުގައި އެ ތަންތަނަށް ބޭނުންކުރުމަށް ފެނިވަޑައިގަންނަވާ ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

HajjCop_ads
Advertisement

އެ ނަމަކީ “ލޯކަލް ގަވަމަންޓް އޮތޯރިޓީ – (އަތޮޅު) އޮފީސްކަމަށް ސިޓީގައިވެއެވެ. މިސާލެއްގެ ގޮތުގައި އެ ސިޓީގައި ބަޔާންކޮށްފައިވަނީ “ލޯކަލް ގަވަމަންޓް އޮތޯރިޓީ – ބ. އަތޮޅު އޮފީސް” އެވެ.

ސިޓީގައި ބަޔާންކޮށްފައިވަނީ އަތޮޅު ކައުންސިލްތަކުގެ އުމުރު މިއަދަށް ހަމަވެ، އެ ކައުންސިލްތައް މިހާރު އުވިފައިވާ ކަމަށެވެ. އަތޮޅު ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންކަން ލާމާރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން ހަމަޖެއްސުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އަންގަވާފައިވާކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މުވައްޒަފުންގެ ވަޒީފާގެ ކަންކަން ހަމަޖެއްސުމުގައި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް އަދި އެ މުވައްޒަފުންނަށް މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތަކަށް އުނިކަމެއް ނާންނާނެ ގޮތަށް، ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން ކަންކަން ހަމަޖެއްސުމަށްވެސް ރައީސް އަންގަވާފައިވާކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Nimaal

ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން ނޫނީ ކައުންސިލްތަކަށް މުވައްޒަފުން ނުނެގޭގޮތް ހަދައިފި

majililis

ލޯކަލް ގަވަރމަންޓް އޮތޯރިޓީ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ފާސްކޮށްފި

HP6WnFSbYAA8Ocr

އެލްޖީއޭގެ ބޯޑަށް 2 މެންބަރުން އައްޔަންކުރަން ކޮމިޓީން ރުހުންދީފި

Qw

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް މެންބަރުން ހޮވުމުގެ އިންތިޚާބު ފަސްކޮށްފި