ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤާނޫނީ ހުސްކަމެއް ނެތް، އަތޮޅު ކައުންސިލްތަކުގެ މަސްޢޫލިއްޔަތު އެލްޖީއޭއަށް

LGA
STO_Ads
TTH_Ads
Advertisement

އަތޮޅު ކައުންސިލުތަކާއި އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އުވާލި ނަމަވެސް ޤާނޫނީ ހުސްކަމެއް ނާންނާނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން ބުނެފިއެވެ. އެ އޮތޯރިޓީން މިހެން ބުނީ އަތޮޅު ކައުންސިލުތަކާއި އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އުވާލުމަށް ނިންމުމާ ގުޅިގެން މީސްމީޑިއާގެ މަންސަތަކުގައި ފަތުރަމުންދާ ދޮގު ވާހަކަތަކާއި ގުޅިގެން، ނެރުނު ބަޔާނެއްގައެވެ.

އެލްޖީއޭއިން ނެރުނު ބަޔާނުގައި ބުނީ އަތޮޅު ކައުންސިލާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އުވާލުމުން ޤާނޫނީ ހުސްކަމެއް އަންނަ ކަމަށް މީސްމީޑިއާގައި ވާހަކަ ދެކެވެމުންދާ ކަމަށެވެ. އެލްޖީއޭއިން ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދައިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެކަން ކުރުމަށް ބޭނުންވާ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތައް ރައީސުލްޖުމްހޫރިއްޔާ އުފައްދަވަންވާނެކަމަށް ވެސް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު އެތަންތަނުން ދޭން ޖެހޭ ޚިދުމަތްތައް ދިނުމަށް އެހީތެރިކަން ފޯރުކޮށްދޭންޖެހެނީ ޤާނޫނުގެ ދަށުން އެއިދާރާއިން ކަމަށެވެ.

އެލްޖީއޭއިން ބުނީ، އަތޮޅު ކައުންސިލްތައް އުވިގެންދާއިރު، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާހުގައި، އެ ކައުންސިލްތަކުން ފޯރުކޮށްދެމުން ދިޔަ ޚިދުމަތްތައް ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ދަށުން ދިނުމަށް ހިމަނާފައިވާ ކަމަށެވެ. އަދި އަތޮޅު ކައުންސިލްތަކުގެ ވަސީލަތްތަކާއި މުދަލާއި ޤާނޫނީ ގޮތުން ހަވާލުވަނީ އެލްޖީއޭއިން ކަމަށް ބުންޏެވެ. މިއާއެކު އެލްޖީއޭގެ އޮފީސްތައް ޤާއިމްކުރުމުގެ އިޙްތިޔާރު އެއިދާރާއަށް ޤާނޫނުން ލިއްބައިދީފައިވާކަން އެލްޖީއޭއިން ފާހަގަކުރެއެވެ.

HajjCop_ads
MMA_Ads
Advertisement

ޤާނޫނުގައި މިގޮތަށް ބަޔާންކޮށްފައި އޮތުމާއެކު، އަތޮޅު ކައުންސިލްތައް އުވާލާ އެ ތަންތަނުން އަދާކުރަމުންދިޔަ ޤާނޫނީ މަސްއޫލިއްޔަތު އެލްޖީއޭގެ ދަށަށް ބަދަލުވާނެ ކަމަށް އެއިދާރާއިން ވިދާޅުވިއެވެ. އަދި އޮފީސްތައް ޤާއިމްކޮށް ހިންގުމުގެ އިޙްތިޔާރު އެލްޖީއޭއާށް ލިބިދީފައިވުމާއެކު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އުވާލި ނަމަވެސް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި ޤާނޫނީ އެއްވެސް ހުސްކަމެއް އަންނާނެ ކަމަށް ނުދެކޭ ކަމަށް އެލްޖީއޭއިން ބުންޏެވެ.

މިހާރު ހިންގަމުންދާ އަތޮޅު ކައުންސިލްތަކުގެ ދައުރު ހަމަވުމުން، އެތަންތަން ދެން ބަދަލުވެގެންދާނީ އެލްޖީއޭގެ ދަށުން ހިންގަމުންދާ އޮފީސްތަކަށެވެ. އޭގެ ސަބަބުން މުވައްޒަފުންނަށް ވަޒީފާގެ ރައްކާތެރިކަން ކަށަވަރުވެ، ޚިދުމަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

462046 6ccdcaab a

އެލްޖީއޭގެ ރައީސް ކަމަށް ފިނޭންސް މިނިސްޓަރު ޒަރީރު އައްޔަންކުރައްވައިފި

LGA

އަތޮޅު ކައުންސިލްތައް އުވުމުން ކޮންމެ އަތޮޅަކަށް އެލްޖީއޭގެ އަތޮޅު އޮފީހެއް ގާއިމުކުރަނީ

majilis

އެލްޖީއޭގެ މުވައްޒަފުން ސީއެސްސީގެ ދަށަށް ބަދަލުކުރަން ފާސްކޮށްފި

IMG 20240109 192849 rm3mb0f8lcgtj1arbolmmuiz2o6chifjlcyxr1bgwo

ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރު ކުރިއަށްދާނެ ގޮތުގެ އުސޫލު އާންމުކޮށްފި