ވ. އަތޮޅުގައި ގެއްލުނު ހަތަރު އިޓަލީ ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ހިންގާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ފީނި ސިފައިންގެ މީހެއްގެ ހާލު ދެރަވެ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި ވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މިކަމާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
އެމްއެންޑީއެފް އިން ބުނީ ވ. އަލިމަތީ ކައިރީ ކަނޑު އަޑީ ހޮހޮޅައެއް ތެރެއަށް ފީނައިގެން ދިޔަ އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރެއިން ގެއްލުނު ހަތަރު މީހުންގެ ހަށިގަނޑު ހޯދުމަށް ހިންގަނީ ހައި-ރިސްކް އޮޕަރޭޝަނެއް ކަމަށެވެ. ހޮހޮޅައިގައި ހަނި ދޭތެރެ ތަކުން ގުޅިފައި ވާ ތިން ޗެމްބަރު ހުރެއެވެ. އިއްޔެ ދެ ޗެމްބަރު ބެލި ނަމަވެސް އެއްވެސް މީހަކު ނުފެނެ އެވެ. މިއަދު ތިން ވަނަ ޗެމްބަރު ބެލުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.










ކިޔުންތެރިންގެ ހިޔާލު