ޕީޕަލްސް ނެޝަަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ މެންބަރުންގެ އަދަދު 80,000 އިން މައްޗަށް ގޮސްފައިވާކަން ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިއުލާނު ކުރައްވައިފި އެވެ.
ކޮންގްރެސް ޕާޓީގެ މަތީ މަޖިލީސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮންގްރެސް ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 80,083 އަށް އަރާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ދުވަހަކުވެސް ޕާޓީއެއްގައި މެންބަރުން ތިބި އަދަދެއް ނޫނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންނެވި ހުރިހާ މެންބަރުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރުއަދާ ކުރައްވާފަ އެވެ. އަދި ވިދާޅުވީ އަމާޒަކީ ޕާޓީގެ މެންބަރުންްގެ އަދަދު 100,000 އަށް ގެންދިއުން ކަމަށެވެ. އެ އަމާޒަށް ވާސިލުވުމަށް މެންބަރުން މަސައްކަތް ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

ރައީސް ވިދާޅުވީ މެންބަރުންގެ އަދަދު އިތުރުވުމަކީ ޕާޓީ ވަރުގަދަކޮށް ސިޔާސީ މަސައްކަތުގައި ކުރިއަށްދާން ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށެވެ.
މީގެ ދެ އަހަރާއި އަށެއްކަ މަސްކުރީން ޕީއެންސީގައި ތިބީ 3,000 މެންބަރުންނެވެ. ނަމަވެސް މި ދިޔަ ކުރު މުއްދަތުގެ ތެރޭގައި އެ އަދަދު ވަނީ 80,000 ފަހަނައަޅާ ގޮސްފަ އެވެ.










ކިޔުންތެރިންގެ ހިޔާލު