ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރިއަށް އޮތް 5 ދުވަހު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ: މެޓް އޮފީސް

STO_Ads
TTH_Ads
Advertisement

ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން، ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު  ބުނެފިއެވެ.

މެޓް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެއެވެ. މިހާރުވެސް ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް ވައިގަދަވަމުންދަނީ އިރުދެކުނުގައި އުފެދިފައިވާ މި ކޮޅިގަނޑުގެ ސަބަބުން ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

މީގެ އިތުރުން، ރާއްޖޭގެ އިރުއުތުރު ސަރަހައްދުގައި ‘ލޯޕްރެޝާ ޓްރަފް’ އެއް އުފެދިފައިވާ ކަމަށާއި، މީގެ ސަބަބުން ބޯވިއްސާރަވިލާ ގިނަ އަދަދަކަށް އުފެދެމުންދާ ކަމަށް މޫސުމީ ރޭޑާ ތަކުން ދައްކައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި މޫސުމީ ބަދަލުތަކަކީ ރާއްޖެއަށް ހުޅަނގު މޫސުން ފެށުމުގެ ނިޝާނެކެވެ.

HajjCop_ads
Advertisement

މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަފްތާ ބަންދުގައިވެސް މޫސުން ގޯސްވާނެ، ސަމާލުވޭ!

43

ޖޫން މަހުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖެއަށް ކުރާ ވިއްސާރަ އިތުރުވާނެ ކަމަށް ލަފާކޮށްފި 

Moosun

ލ އަތޮޅުން އައްޑޫއަށް ހުދު ސަމާލު

moosun raining

ކުރިޔަށް އޮތް 2 ދުވަހު ވެސް ވާރޭ ވެހޭނެ: މެޓް އޮފީސް